މައިގަނޑު ބަޔަށް ދާން

ހަބަރު

މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައި ހަތަރު މީހުން ސަލާމަތްކޮށްފި

އައްޑޫ ސިޓީ ހިތަދޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރޭ ރަސްމާލެ ފަރަށް އެރި ހާދިސާގައި ދޯނީގައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފިއެވެ.

މުދާ އުފުލާ ދޯންޏެއް ރަސްމާލެ ފަރަށް އަރައި ހަތަރު މީހުން ސަލާމަތްކޮށްފި

އައްޑޫ ސިޓީ ހިތަދޫން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ރޭ ރަސްމާލެ ފަރަށް އެރި ހާދިސާގައި ދޯނީގައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފިއެވެ.

ރޭ 11:15 ހާއިރު ރިޕޯޓުކުރި މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ ދިވެހި ކައްޕިއަކާއި ތިން ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ރަސްމާލެއިން ދިޔަ އުޅަނދަކަށް ހަތަރު މީހުން ނެގުމަށް ފަހު، ކޯސްޓްގާޑުގެ އުޅަނދެއްގައި އެ ސަރަޙައްދުގައި އޮތް އެހެން އުޅަނދަކަށް އެ މީހުން ވަނީ ގެންގޮސްދީފައެވެ.

ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.