މަހު އާމްދަނީ 60،000 ރުފިޔާއަށްވުރެ މަތި ނަމަ އަމިއްލަ ތަންތަނުން އާސަންދައިގެ 15 ޕަސެންޓު ދައްކަންޖެހޭ އުސޫލެއް
މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އާސަންދައިގެ ދަށުން އަމިއްލަ ތަންތަނުން ޚިދުމަތް ހޯދާ ނަމަ 15 ޕަސެންޓުގެ ކޯ-ޕޭމެންޓެއް ނަގާ ގޮތަށް ހެލްތް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އާސަންދައިގެ ދަށުން އަމިއްލަ ތަންތަނުން ޚިދުމަތް ހޯދާ ނަމަ 15 ޕަސެންޓުގެ ކޯ-ޕޭމެންޓެއް ނަގާ ގޮތަށް ހެލްތް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މި ފީ ނެގުމަށް ހަމަޖެހިފައިވަނީ އާސަންދައިގައި ރަޖިސްޓަރީ ވެފައިވާ އަމިއްލަ ކްލިނިކް، ހޮސްޕިޓަލް، ފާމަސީ، އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުން އެކަނި ކަމަށެވެ. ސަރުކާރުގެ ޞިއްޙީ ތަންތަނުން ޚިދުމަތް ހޯދާ މީހުންގެ އަތުން މި ފީ ނުނެގޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މި އުސޫލަށް ޢަމަލުކުރަން ފެށުމަށް ތާވަލުކޮށްފައި ވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެންނެވެ.
މީގެ އިތުރުން، ސަރުކާރު ތަންތަން މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވާ ހާލަތްތަކުގައި ކޯ-ޕޭމެންޓެއް ނެތި ފުރިހަމަ ކަވަރޭޖް ލިބޭނެ ކަމަށް ވެސް މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ. ހަމައެއާ އެކު، ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންނާއި، އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މީހުން މި އުސޫލުން އިސްތިސްނާކޮށްފައިވެއެވެ. ޤައުމަށް މުހިންމު ފަންނީ ދާއިރާތަކުގައި މީހުން ދެމެހެއްޓުމުގެ ބޭނުމުގައި މި އިސްތިސްނާ ހިމަނާފައިވާ ކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ "މި އިޞްލާޙީ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ" ކަމަށާއި "އެ ފައިސާ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރެވޭނެ" ކަމަށެވެ.
ރައީސް ނިންމެވި މި ނިންމެވުމާ ގުޅޭ އުސޫލު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް