މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޑީޕީގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕާޓީ ސަލާމަތްކުރަން ނިކުތުމަށް ނަޝީދު ގޮވާލައްވައިފި

އެމްޑީޕީން މިހާރު ފެންނަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފައްދައި ހައްދުފަހަނައެޅި ޤައުމިއްޔަތު ފަތުރާ ޕާޓީއެއްގެ ސިފަ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕާޓީ ސަލާމަތްކުރަން ނިކުތުމަށް ނަޝީދު ގޮވާލައްވައިފި

އެމްޑީޕީން މިހާރު ފެންނަނީ ބޭރު މީހުންނާ މެދު ނަފުރަތު އުފައްދައި ހައްދުފަހަނައެޅި ޤައުމިއްޔަތު ފަތުރާ ޕާޓީއެއްގެ ސިފަ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ހުޅުވާލެވިފައިވާ ވިސްނުންތަކަށާއި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަށް ވަކާލާތުކުރި ޕާޓީއެއް ކަމަށެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރު ޕާޓީ އުފެދުނު އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ މުޅިން ތަފާތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބީ ކާމިޔާބީ ހޯދުމަށްޓަކައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައި ޕޮޕިއުލިސްޓް އުކުޅުތައް ބޭނުންކުރުމުން، ޕާޓީގެ އަސްލު ސަޕޯޓަރުން ކަމަށްވާ މެދުމިނުގެ މިނިވަން ވިސްނުމުގެ މީހުން ދުރަށް ދާނެ ކަމަށެވެ. ހަމައެއާއެކު ދީން ސިޔާސީ ހަތިޔާރަކަށް ހެދުމާއި "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަ ދައްކައިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ޕާޓީގެ އިތުބާރު ގެއްލި، ޤައުމީ ސިޔާސީ މަޝްވަރާތަކުގެ ފެންވަރު ދަށްވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މާޒީގައި އެމްޑީޕީން ހިންގި "ބިރަކާ ނުލައި މަޖާކުރުން" ކެމްޕޭނުގެ ހަނދާންތައް އައުކުރައްވައި، އެ ކެމްޕޭނުގެ ސަބަބުން ޕާޓީގެ މަޤުބޫލުކަން އިތުރުވެ ގާތްގަނޑަކަށް ވިހި ހާސް އިތުރު ވޯޓު ލިބުނުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމްޑީޕީ މިހާރު އޮތީ ވަރަށް ނާޒުކު ހިސާބެއްގައި ކަމަށް ވިދާޅުވެ، ޕާޓީ ހަލާކުގެ ތެރެއަށް ވެއްޓުނަ ނުދީ ސަލާމަތްކުރުމަށް އިޚްލާޞްތެރި މެންބަރުން ކުރިއަށް ނިކުތުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.