މައިގަނޑު ބަޔަށް ދާން

ހަބަރު

މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ހުށަހެޅުމުގެ ސުންގަޑި ނޮވެމްބަރު ހަތަކަށް ފަސްކޮށްފި

މިއަހަރުގެ 46 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ސުންގަޑި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިތުރުކޮށްފިއެވެ.

މަސްވެރިންގެ ދުވަހުގެ އެވޯޑުތަކަށް ހުށަހެޅުމުގެ ސުންގަޑި ނޮވެމްބަރު ހަތަކަށް ފަސްކޮށްފި

މިއަހަރުގެ 46 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ސުންގަޑި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އިތުރުކޮށްފިއެވެ.

އެ މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުގައި އެވޯޑުތަކަށް ކުރިމަތިލެވޭ އެންމެ ފަހު ވަގުތަކީ އަންނަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކުންނެވެ. އެއީ 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅުންގެ އެވޯޑާއި، 35 އަހަރުން މަތީގެ ތަޖުރިބާކާރު ކެޔޮޅުންގެ އެވޯޑާއި، ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑާއި، ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑެވެ.

ޒުވާން ކެޔޮޅުގެ އެވޯޑާއި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ މިހާރު ވެސް ޢަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވާ، އާމްދަނީ ހޯދުމަށް މަސްވެރިކަން ނޫން އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. ފަރުމަސްވެރިޔާގެ އެވޯޑަށް ޝަރުތު ހަމަވާނީ އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ފަރުމަހުގެ މަސްވެރިކަން ކަމުގައިވާ ފަރާތްތަކެވެ.

އެވޯޑަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމުތައް އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނައިރު، ފުރިހަމަކޮށްފައިވާ ފޯމުތައް ހުށަހަޅަން ޖެހެނީ އެ މިނިސްޓްރީގެ އީމެއިލް އެޑްރެހަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.