މައިގަނޑު ބަޔަށް ދާން

ދުނިޔެ

ދެކުނު ޖަޕާނަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އެލާޓް ނެރެފި

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ހާމަކުރި ގޮތުގައި މި ބިންހެލުމުގެ ލޮޅުން ޖަޕާނުގެ ޝިންޑޯ މިންގަނޑުން އެންމެ މަތީ ދަރަޖަ ކަމަށްވާ ލެވެލް 7 ގައި ރެކޯޑް ކުރެވުނެވެ. ބިންހެލުމާ ގުޅިގެން 1 މީޓަރުގެ ސުނާމީ އިންޒާރެއް ނެރެފައިވާއިރު ގިނަ ޕްރިފެކްޗާތަކަށް ކުއްލި ނުރައްކަލުގެ އިންޒާރުވެސް ވަނީ ނެރެފައެވެ.

އަހުމަދު އާހިލް ސައީދު

ޖަޕާން؛ ފޮޓޯ / ޓްރެވެލަރސް އޮޓޯބާން
ޖަޕާން؛ ފޮޓޯ / ޓްރެވެލަރސް އޮޓޯބާން

ދެކުނު ޖަޕާނަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީ އެލާޓް ނެރެފިއެވެ.

މި އިންޒާރު ނެރެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ހާމަކުރި ގޮތުގައި މި ބިންހެލުމުގެ ލޮޅުން ޖަޕާނުގެ ޝިންޑޯ މިންގަނޑުން އެންމެ މަތީ ދަރަޖަ ކަމަށްވާ ލެވެލް 7 ގައި ރެކޯޑް ކުރެވުނެވެ. ބިންހެލުމާ ގުޅިގެން 1 މީޓަރުގެ ސުނާމީ އިންޒާރެއް ނެރެފައިވާއިރު ގިނަ ޕްރިފެކްޗާތަކަށް ކުއްލި ނުރައްކަލުގެ އިންޒާރުވެސް ވަނީ ނެރެފައެވެ.

ޝިންޑޯ ސްކޭލްގެ ލެވެލް 7 އަކީ ޖަޕާނުގެ ބިންހެލުމުގެ ލޮޅުން މިންކުރާ މިންގަނޑުން އެންމެ ބާރުގަދަ ދަރަޖައެވެ.

މި ދަރަޖައިގެ ލޮޅުންތަކުގައި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންވެ މީހުންނަށް ކޮޅަށް ހުރުން ދަތިވާ މިންވަރަށް ބިންގަނޑު ގުޑައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.