މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޓީޑީސީގެ 10 ބުރީގެ އާ އޮފީސް ޓަވަރު ހުޅުމާލޭގައި ހުޅުވައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ބިނާކުރި އެ ކުންފުނީގެ އާ އޮފީސް އިމާރާތް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް ހުޅުވައިފިއެވެ.

އެމްޓީޑީސީގެ 10 ބުރީގެ އާ އޮފީސް ޓަވަރު ހުޅުމާލޭގައި ހުޅުވައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ބިނާކުރި އެ ކުންފުނީގެ އާ އޮފީސް އިމާރާތް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުންނެވެ. ޖުމްލަ 2,205 އަކަފޫޓުގެ މި ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، ފަންގިފިލާތައް ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކުރާ ގޮތަށް ވަނީ ރާވައިފައެވެ. އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭއަކާއި ކޮންވެންޝަން ހޯލެއް ހުރިއިރު، އެހެނިހެން ފަންގިފިލާތައް ޚާއްޞަކޮށްފައިވަނީ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ އޮފީސް ޖާގަތައް ހިމެނޭ ގޮތަށެވެ.

އެމްޓީޑީސީން ބުނީ ތިމާވެއްޓާ ރައްޓެހި އުސޫލުތަކަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި އިމާރާތަކީ ހަކަތަ އިޤުތިޞާދުކުރެވޭނެ ގޮތަށް ބިނާކުރި ތަނެއް ކަމަށެވެ. އެ ގޮތުން ކަރަންޓު ޚަރަދު ކުޑަކުރެވޭ ފަދަ ލައިޓުތަކާއި، އިމާރާތުގެ އެތެރެ ހޫނުވުން ކުޑަކޮށްދޭ "ލޯ-އީ" ބިއްލޫރި އަދި އެޑްވާންސް ތާމަލް އިންސިއުލޭޝަން ފަދަ ވަސީލަތްތައް ހިމަނާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2022 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. އަމަލީ މަސައްކަތް ހިންގުމަށް ޗައިނާގެ ހުނާން ނަންބަރު 6 އިންޖިނިއަރިންގް ކުންފުންޏާ އެކު އެމްޓީޑީސީން ސޮއިކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.