މައިގަނޑު ބަޔަށް ދާން

ދުނިޔެ

ފްލޮރިޑާގެ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެ

ޓެކްސަސްގެ އޮސްޓިންއިން ފުރައިގެން ބަހާމާސްއަށް ދަތުރުކުރި ލިއަރޖެޓް 60 މަރުކާގެ ބިޒްނަސް ޖެޓެއް އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، ބޯޓުގައި ތިބި ނުވަ މީހުން މަރުވެއްޖެއެވެ.

ފްލޮރިޑާގެ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި ނުވަ މީހަކު މަރުވެއްޖެ

ޓެކްސަސްގެ އޮސްޓިންއިން ފުރައިގެން ބަހާމާސްއަށް ދަތުރުކުރި ލިއަރޖެޓް 60 މަރުކާގެ ބިޒްނަސް ޖެޓެއް އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، ބޯޓުގައި ތިބި ނުވަ މީހުން މަރުވެއްޖެއެވެ.

އޮސްޓިން-ބާގްސްޓްރޮމް އިންޓަނޭޝަނަލް އެއާޕޯޓުން އެ އުޅަނދަކީ ޕްރައިވެޓް ޖެޓެއް ކަމަށް ކަށަވަރުކޮށްދިން ނަމަވެސް، ބޯޓުގައި ތިބި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ. އިންޓަނެޓުގައި އާންމުވެފައިވާ ކޮކްޕިޓް ރެކޯޑިންތަކުން އެނގޭ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން ޕައިލެޓް ވަނީ ކޮންޓްރޯލް ކުރެވޭ މިންވަރެއްގައި ގަނޑުފެނުގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ބޯޓުގެ އުސްމިން ހަލުވިކަމާ އެކު ދަށަށް ގޮސް، "އަހަރެމެން ބިމަށް ވެއްޓެނީ" ކަމަށް ބުނެ ފަޅުވެރިން ހާސްވެގެން ހަޅޭއްލަވާ އަޑު އެ ރެކޯޑިންތަކުން އިވެއެވެ.

މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ބޯޓު ވަރަށް ބާރު ސްޕީޑުގައި ވަކި އޭންގަލަކުން ތިރިއަށް އައިސް ބިމުގައި ޖެހުމާ އެކު ބޮޑު ގޮވުމެއް ގޮވައި އަލިފާންގަނޑެއް ރޯވެގެން ދިޔައެވެ. ހާދިސާ ހިނގި ސަރަހައްދުގެ މަގުތައް ހަލާކުވެ، ބޯޓުގެ ބައިތަކުގައި އަލިފާން ރޯވެފައި ހުއްޓައި ވީޑިއޯއިން ފެނެއެވެ.

ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް ހާދިސާ ހިނގި ސަރަހައްދުގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، ބޯޓު ވެއްޓުނީ "މިސައިލެއް ފަދައިން" ބާރަށް ކަމަށާއި، އޭގެ ސަބަބުން މަގުގެ އެއް ފަރާތުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާ ކަމަށެވެ. ބޯޓު ވެއްޓުނީ ގެތަކާއި ޕާކުކޮށްފައި ހުރި ކާރުތަކާ ވަރަށް ކައިރިއަށް ނަމަވެސް، އެ ސަރަހައްދުގެ އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ގަވަރުނަރު ބުންޏެވެ.

އެމެރިކާގެ ޓްރާންސްޕޮޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ ވަރަށް ބިރުވެރި ހާދިސާއެއް ކަމަށެވެ. ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) ގެ ތަހުގީގަށް އެހީތެރިވުމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ ޓީމުތައް އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް ވެސް ޝޯން ޑަފީ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.