މައިގަނޑު ބަޔަށް ދާން

ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ޕޭމަންޓް ބަލައިގަނެވޭ ނިޒާމަށް އެދުން ހުޅުވާލައިފި

ބައިނަލްއަޤުވާމީ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ޕޭމަންޓް ބަލައިގަނެވޭ ނިޒާމަށް އެދުން ހުޅުވާލައިފި

ބައިނަލްއަޤުވާމީ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

މި ޚިދުމަތް ތައާރަފުކޮށްފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބީސީސީ އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެންނެވެ. މި ޚިދުމަތަށް އެދެން ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ވެބްސައިޓުގައިވާ "ކުމެވި" ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މި ނިޒާމުގެ ދަށުން ބައިނަލްއަޤުވާމީ ބާޒާރުތަކަށް މުދަލާއި ޚިދުމަތް ވިއްކާ ދިވެހި ވިޔަފާރިތަކަށް ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބޭރުގެ ކާޑުތަކުން ދައްކާ ފައިސާ ސީދާ ޑޮލަރުން އެކައުންޓަށް ޖަމާކުރެވޭނެއެވެ. އެކައުންޓަށް ޖަމާވާ ޑޮލަރު، ވިޔަފާރީގެ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން އޮންލައިން ސަބްސްކްރިޕްޝަންތަކާއި ބޭރުގެ އެކި ޚަރަދުތަކަށް ސީދާ ބޭނުންކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "މިއީ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންގެ އަތުން ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެޅި ފިޔަވަޅެއް" ކަމަށެވެ. ބޭރު ފައިސާއިން ފައިސާ ބަލައިގަނެވުމަކީ ބައިނަލްއަޤުވާމީ ބާޒާރުތަކަށް ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށާއި، ވިޔަފާރިތަކުގެ އާމްދަނީ އިތުރުވެ ކުރިއެރުމުގެ އައު ދޮރުތައް ހުޅުވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

1 ނޮވެމްބަރު 2026 އިން ފެށިގެން މި އިންތިޒާމު ޢަމަލީ ގޮތުން ހަމަޖެހިގެންދާނެކަން ރައީސް އިޢުލާނުކުރެއްވީ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026" ގެ އިނާމު ދިނުމުގެ ޖަލްސާގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.