މައިގަނޑު ބަޔަށް ދާން

ލައިފްސްޓައިލް

ބޮމުގެ އިންޒާރާ ގުޅިގެން އަމިތާބް ފޭނުންނާ ބައްދަލުކުރީ ބިއްލޫރި ބޮކްސްއެއްގެ ތެރެއިން

ބޮލީވުޑްގެ ތަރި އަމިތާބް ބައްޗަން އިއްޔެ މުމްބާއީގެ އޭނާގެ ގެ ޖަލްސާ ކައިރީގައި ބިއްލޫރި ފޮށްޓެއްގެ ތެރޭގައި ހުރެ ފޭނުންނާ ބައްދަލުކޮށްފިއެވެ.

ބޮމުގެ އިންޒާރާ ގުޅިގެން އަމިތާބް ފޭނުންނާ ބައްދަލުކުރީ ބިއްލޫރި ބޮކްސްއެއްގެ ތެރެއިން

ބޮލީވުޑްގެ ތަރި އަމިތާބް ބައްޗަން އިއްޔެ މުމްބާއީގެ އޭނާގެ ގެ ޖަލްސާ ކައިރީގައި ބިއްލޫރި ފޮށްޓެއްގެ ތެރޭގައި ހުރެ ފޭނުންނާ ބައްދަލުކޮށްފިއެވެ.

ކޮންމެ އާދިއްތަ ދުވަހަކު ޖުހޫގައި ހުންނަ ޖަލްސާ ބޭރަށް ނިކުތީ ފޭނުންނަށް ސަލާމް ދިނުމަކީ އެތައް އަހަރެއް ވަންދެން އަމިތާބް ދެމެހެއްޓި އާދައެކެވެ. އިއްޔެ ވެސް ސަތޭކައަށް ވުރެ ގިނަ ފޭނުން ޖަމާވެފައި ތިބި އިރު، އަމިތާބް ރައްކާތެރިކަމުގެ ގޮތުން ބެހެއްޓި ބިއްލޫރި ފޮށީގެ ތެރެއިން އަތް އުފުލައި ސަލާމް ދިނެވެ. އެ ވަގުތު އޭނާގެ ދަރިފުޅު އަބިޝޭކް ބައްޗަން ބައްޕަގެ ފަހަތުގައި ހުރެ އެއްވެފައި ތިބި މީހުންނަށް ބަލަމުން ދިޔައެވެ. ސަލާމަތީ މުވައްޒަފުން ވެސް އެ ތަނުގައި ތިއްބެވެ.

މި ފެންވަރަށް ރައްކާތެރިކަން ވަރުގަދަކުރީ، ވޭތުވެ ދިޔަ އޮކްޓޫބަރު މަހު ޖަލްސާއަށް ބޮމުގެ ހަމަލާއެއް ދޭނެ ކަމަށް ބުނާ އީމެއިލެއް މުމްބާއީގެ ބަންދްރާ ކުރްލާ ކޮމްޕްލެކްސް (ބީކޭސީ) ސަރަހައްދުގެ ސްކޫލަކަށް ލިބި، އެ މައްސަލަ މުމްބާއީ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށް ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން، އަމިތާބް ވަނީ އޭނާގެ ބްލޮގުގައި ޞިއްޙީ ހާލަތާ ގުޅޭ ގޮތުން ލިޔެ، އަރާމުކޮށް ރަނގަޅުވުމަށް ލަފާ ލިބިފައިވާތީ ސޯޝަލް މީޑިއާގައި ލިޔުން ވަގުތީ ގޮތުން މެދުކަނޑައިލާނެ ކަމަށް ބުނެފައެވެ. ހުކުރު ދުވަހު ޓަމްބްލަރ އެކައުންޓުގައި ޝާއިޢުކުރި އަޕްޑޭޓެއްގައި އަމިތާބް ބުނީ، އަދިވެސް އިތުރަށް އަރާމުކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.