ހައިވޭގައި ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ
ހައިވޭގައި ބާރު ސްޕީޑުގައި ދުއްވަނިކޮށް ފުލުހުން ހުއްޓުވަން މަސައްކަތްކުރުމުން ވެސް ނުހުއްޓައި ކުރިއަށް ދަނިކޮށް ފުލުހުންގެ ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވި މީހެއްގެ ގައިން މަސްތުވާތަކެތި ކަމަށް ބެލެވޭ އަށް ރަބަރު ޕެކެޓު ފެނިއްޖެއެވެ.
ހައިވޭގައި ބާރު ސްޕީޑުގައި ދުއްވަނިކޮށް ފުލުހުން ހުއްޓުވަން މަސައްކަތްކުރުމުން ވެސް ނުހުއްޓައި ކުރިއަށް ދަނިކޮށް ފުލުހުންގެ ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވި މީހެއްގެ ގައިން މަސްތުވާތަކެތި ކަމަށް ބެލެވޭ އަށް ރަބަރު ޕެކެޓު ފެނިއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ ރަންފަސް، ޢުމުރުން 30 އަހަރުގެ އިބްރާހިމް އަޒުލިފް ހުސެއިނެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި، ނުރައްކާތެރި ގޮތެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދާ މަންޒަރު ފެނިގެން ފުލުހުން އޭނާ ހުއްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ އެންގުމަށް ބެލުމެއް ނެތި ދުއްވާފައި ދަނިކޮށް ފުލުހުން ބެހެއްޓި ބެރިކޭޑެއްގައި ޖެހި އެކްސިޑެންޓުވީ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެކްސިޑެންޓަށް ފަހު އޭނާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އަށް ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަޒުލިފް އެއްބަސްވެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އޭނާ ބުނެފައި ވަނީ ގެންގުޅުނީ ބޭނުންކުރުމަށް ގެންގުޅުނު އެންމެ ދެ ރަބަރު ޕެކެޓު ކަމަށެވެ.
ފުލުހުން ބުނި އަދަދާއި އަޒުލިފް ބުނާ އަދަދާ ދެމެދު ފަރަގެއް އޮތް އިރު، އޭނާ ހައްޔަރުކޮށްފައި ވަނީ ނުރައްކާތެރިކޮށް ދުއްވުމާއި މަސްތުވާތަކެތީގެ މައްސަލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް