އެމްޓީސީސީގެ ބޯޑުގެ ހުސް ޑިރެކްޓަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން އެއް މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ ދެ ޑިރެކްޓަރުންގެ ތެރެއިން އެއް މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އެންމެ މުހިންމު ދެ ޝަރުތަކީ ދިވެހި ރައްޔިތަކަށް ވުމާއި އެ ކުންފުނީގެ ޙިއްޞާދާރަކަށް ވުމެވެ. އޭގެ އިތުރުން އުމުރުން 30 އަހަރު ފުރިފައިވާ ފަރާތަކަށް ވުމާއި، ކުންފުނީގެ ވިޔަފާރިއާއި ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރިވުމާއި، މާލީ ރިޕޯޓުތައް ދިރާސާކުރުމުގެ ޤާބިލުކަން ހުރުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ވެސް ހުންނަންޖެހޭ ޝަރުތުތައް އެ ކުންފުނިން ވަނީ ޢާންމުކޮށްފައެވެ.
އެމްޓީސީސީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލާއިރު، މައި ޙިއްޞާދާރުގެ ހައިސިއްޔަތުން ސަރުކާރުގެ ފަރާތުން ފަސް ޑިރެކްޓަރުން ޢައްޔަނުކުރާ އިރު، ޢާންމު ޙިއްޞާދާރުންގެ ފަރާތުން ދެ މީހަކު ޢައްޔަނުކުރަން ޖެހެއެވެ. ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބާރުއަޅާފައި ވަނީ ބޯޑު ޑިރެކްޓަރުންގެ މަގާމަށް ވީހާ ވެސް ގިނަ އަންހެނުން ކުރިމަތިލައި ވާދަކުރުމަށެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާފައިވާ އިރު، އެ ޖަލްސާގައި ވަނީ މޫނުމަތީ އަގު ފަސް ރުފިޔާގެ ކޮންމެ ޙިއްޞާއަކަށް ތިން ރުފިޔާ ބެހުމަށް ފާސްކޮށްފައެވެ. ޙިއްޞާގެ ފައިދާގެ ގޮތުގައި ޖުމްލަ 24.1 މިލިއަން ރުފިޔާ ބެހުމަށް އެ ކުންފުނިން ވަނީ ނިންމައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް