މައިގަނޑު ބަޔަށް ދާން

ހަބަރު

ނަޞްރުގެ ދުވަހު ދިވެހިންގެ ޤައުމީ ޝުޢޫރު އުތުރިއަރާ: ރައީސް މައުމޫން

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވައި، ރާއްޖެ ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް ދުޢާކުރައްވައިފިއެވެ.

ނަޞްރުގެ ދުވަހު ދިވެހިންގެ ޤައުމީ ޝުޢޫރު އުތުރިއަރާ: ރައީސް މައުމޫން

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވައި، ރާއްޖެ ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި ލެހެއްޓެވުމަށް ދުޢާކުރައްވައިފިއެވެ.

ރައީސް މައުމޫން މިއަދު އެކްސްގައި ޖައްސެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ނޮވެމްބަރު ތިނެއް އަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރާ ދުވަހެއް ކަމަށެވެ. އެމަނިކުފާނު ސިފަކުރައްވާފައިވާ ގޮތުގައި މިއީ ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމައަށް ވިދާ ބަބުޅާ ދުވަހެކެވެ.

"ދިވެހި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތު ވެގެންދާ ދުވަހެކެވެ. މިދެންނެވީ މީގެ 38 އަހަރު ކުރިން ލޮބުވެތި ދިވެހި ރައްޔިތުން މުޅިދުނިޔެއަށް ސާބިތު ކޮށް ދެއްވާފައިވާ ޙަޤީޤަތްތަކެކެވެ" ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ފަތިހު މާލެއަށް ޢުދުވާނީ ހަމަލާ ދިނީ ސްރީލަންކާގެ ތަމިޅު ބަޣާވާތްތެރި ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ތަމިޅު އީލަމް (ޕްލޯޓް) ގެ ކުލީ ސިފައިންނެވެ. އެ ހަމަލާގެ ފަހަތުގައި ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ ޢަބްދުﷲ ލުތުފީ ހިމެނެއެވެ. ކުލީ ސިފައިން ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ގެ ހެޑްކުއާޓަރާއި ރޭޑިއޯ އަދި ޓީވީ ސްޓޭޝަން ހިފުމަށް މަސައްކަތްކުރި ނަމަވެސް، ރައީސް މައުމޫންގެ އެދިވަޑައިގަތުމަށް "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި އިންޑިއާއިން ސިފައިން ފޮނުވީ އެރޭގައެވެ. ކުލީ ސިފައިން ފިލީ "ޕްރޮގްރެސް ލައިޓް" ނަމަކަށް ކިޔާ އުޅަނދެއްގައި ރަހީނުން ގޮވައިގެންނެވެ.

އެ ޢުދުވާނީ ހަމަލާގައި އެންއެސްއެސްގެ އަށް ސިފައިން ހިމެނޭ ގޮތަށް 19 ދިވެހިން ޝަހީދުވިއެވެ. އެ ހާދިސާގެ ހަނދާނުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު ތިނެއް ފާހަގަކުރަނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.