މައިގަނޑު ބަޔަށް ދާން

ހަބަރު

ކިއު.އެސް އޭޝިއާ ރޭންކިންގައި ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީއަށް އެމްއެންޔޫ

ދުނިޔޭގެ މަޝްހޫރު ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގްސް 2027 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ފުރަތަމަ ފަހަރަށް ހިމެނިއްޖެއެވެ.

ކިއު.އެސް އޭޝިއާ ރޭންކިންގައި ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީއަށް އެމްއެންޔޫ

ދުނިޔޭގެ މަޝްހޫރު ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގްސް 2027 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ފުރަތަމަ ފަހަރަށް ހިމެނިއްޖެއެވެ.

އެމްއެންޔޫ ހިމެނިފައި ވަނީ މުޅި އޭޝިއާގެ ޔުނިވަރސިޓީތަކުގެ ތެރެއިން 1101 އާއި 1200 އާ ދެމެދުގެ ގިންތީގައެވެ. އެއާއެކު ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެ ޔުނިވަރސިޓީ ވަނީ ޖާގަ ހޯދައިފައެވެ. މި ނަތީޖާއާ އެކު އެމްއެންޔޫ ވެފައި ވަނީ ރާއްޖޭގެ އެއްވަނަ ޔުނިވަރސިޓީއަށެވެ.

ކިއު.އެސް ރޭންކިންގައި ޔުނިވަރސިޓީތައް ވަޒަންކުރަނީ ތަޢުލީމީ އަދި ދިރާސާކުރުމުގެ ފެންވަރާއި، މުދައްރިސުންނާއި ދަރިވަރުންގެ ނިސްބަތާއި، ބައިނަލްއަޤުވާމީ ގުޅުންތަކާއި ދިރާސާ މަސައްކަތްތަކުގައި ބައިވެރިވާ މިންވަރުގެ މައްޗަށް ބިނާކޮށެވެ. މިއީ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށާއި ދިރާސާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެ ޔުނިވަރސިޓީން ކުރާ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް ވިދާޅުވީ "މިއީ ފާއިތުވި އަހަރުތަކުގައި އެތައް ބައެއްގެ ބުރަ މަސައްކަތާއި ހިއްސާއާއެކު، ލިބިގެންދިޔަ ކާމިޔާބީއެއް" ކަމަށެވެ. "މި ހަރުފަތަށް ދެވުމުން އުފާކުރާ ހިނދު، އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ގިނަކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާއި، ދަރިވަރުންނަށް އެހީތެރިވުމާއި، ދިރާސާތައް ހަރުދަނާކޮށް، މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމުގައި ދެމިތިބުމެވެ."

އެމްއެންޔޫއިން ބުނީ އެކެޑެމިކް ޕްރޮގްރާމްތަކާއި ދިރާސާގެ ހަރަކާތްތަކާއި ދަރިވަރުންގެ ޚިދުމަތްތައް ހަރުދަނާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޔުނިވަރސިޓީތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.