ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުން ބައްލަވައިލެއްވުމަށް ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގެންފި
ނަޞްރުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުން، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވައިލައްވައިފިއެވެ.
ނަޞްރުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުން، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އިސްތިޤްބާލުކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ މިނިސްޓަރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ޙަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ރައީސަށް ރިޔާސީ ކުރުނީހެއް އެރުވުނެވެ.
ރިޔާސީ ކުރުނީހަށް ފަހު ކުރިއަށް ގެންދިޔައީ ނަޞްރުގެ ދުވަހަށް ޚާއްޞަކޮށް ތައްޔާރުކުރި އަސްކަރީ ހުށަހެޅުމެކެވެ. އެއާ ވިދިގެން ސިފައިންގެ މިލިޓަރީ ބޭންޑުގެ ހުށަހެޅުމެއް ވެސް ދައްކައިލައިފައިވެއެވެ. ރަސްމިއްޔާތު ނިންމައިލެއްވީ އަސްކަރީ ޙަރަކާތުގެ ބައިވެރިންނާ އެކު ރައީސް ފޮޓޯފުޅެއް ނެންގެވުމަށް ފަހުގައެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި ދައުލަތުގެ މިނިސްޓަރުންނާއި އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. މި އަހަރުގެ ހުށަހެޅުންތައް ބެލުމަށް ވެސް ގިނަ ޢަދަދެއްގެ ޢާންމުން ޖަމާވިއިރު، ޚާއްޞަކޮށް ޢާއިލާތަކާ އެކު ގިނަ ކުޑަކުދީން ހާޒިރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް