ސިފައިންގެ ޚިދުމަތާ 806 ޒުވާނަކު ގުޅިއްޖެ — ޗީފް އޮފް ޑިފެންސް ފޯސް
މި ސަރުކާރުގެ ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާގެ ފުރުޞަތު ދީފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާގެ ފުރުޞަތު ދީފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުން ފެށުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ. އެ މަނިކުފާނު ވިދާޅުވީ މި ދައުރަކީ ސިފައިންގެ ޢަދަދު އިތުރުކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދީފައިވާ ދައުރެއް ކަމަށެވެ.
މީގެ އިތުރުން ޗީފް ވަނީ ރާއްޖޭގެ އަސްކަރީ ތާރީޚުގައި އެންމެ ގިނަ ވަސީލަތްތައް ފޯރުކޮށްދީ، އެންމެ ބޮޑު ހޭދައެއް ކުރި ދައުރަކީ މި ދައުރުކަން ފާހަގަކުރައްވައިފައެވެ. އެ ގޮތުން މިހާތަނަށް ހާސިލުކޮށްފައިވާ ކަންކަމާއި، މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަލަށް ހޯއްދަވައިދެއްވި ވަސީލަތްތަކާއި، ހޯއްދަވައިދެއްވަން ނިންމަވާފައިވާ ވަސީލަތްތަކުގެ ތަފްޞީލު ވެސް ދެއްވައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް