ނަސްރުގެ ދުވަހުގެ ޖަލްސާގައި ފަސް ބޭފުޅަކަށް ނޮވެންބަރު ތިނެއްގެ ޝަރަފުގެ އައްޑަނަ ދީފި
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނޮވެންބަރު ތިނެއްގެ ހާދިސާއާ ގުޅިގެން ރެކީ ޕެޓްރޯލަށް ނިކުތީ ފަސް ބޭފުޅަކަށް ޝަރަފުގެ ޚާއްޞަ އައްޑަނަ މިރޭ އަރުވައިފިއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނޮވެންބަރު ތިނެއްގެ ހާދިސާއާ ގުޅިގެން ރެކީ ޕެޓްރޯލަށް ނިކުތީ ފަސް ބޭފުޅަކަށް ޝަރަފުގެ ޚާއްޞަ އައްޑަނަ މިރޭ އަރުވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި އެވޯޑު ލިބިވަޑައިގެންނެވި ފަސް ބޭފުޅުންނަކީ ވެސް ނޮވެންބަރު ތިނެއްގެ ހާދިސާ ހިނގި ދުވަހު ރެކީ ޕެޓްރޯލަށް ނިކުމެވަޑައިގެންނެވި ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނަކީ ސާރޖަންޓް ފަސްޓް ކްލާސް ރިޓަޔަރޑް އިބްރާހީމް ޝަރީފާއި، ސްޓާފް ސާރޖަންޓް ރިޓަޔަރޑް ޙުސައިން ޢަލީއާއި، ސާރޖަންޓް ޙުސައިން މަނިކާއި، ކޯޕްރަލް ޢަބްދުﷲ ނަސީމާއި، ލާންސް ކޯޕްރަލް ޢަބްދުﷲ މުފީދެވެ.
މީގެ ތެރެއިން އިބްރާހީމް ޝަރީފް ސިފައިންގޭގައި ޚިދުމަތް ކުރެއްވީ 4 ނޮވެންބަރު 1981 އިން 4 ޖެނުއަރީ 2012 އަށެވެ. ޙުސައިން ޢަލީ ޚިދުމަތް ކުރެއްވީ 12 ނޮވެންބަރު 1962 އިން 11 ނޮވެންބަރު 2002 އަށެވެ. ޙުސައިން މަނިކު ޚިދުމަތް ކުރެއްވީ 18 ޖޫން 1979 އިން 23 ނޮވެންބަރު 1998 އަށެވެ. ޢަބްދުﷲ ނަސީމް ޚިދުމަތް ކުރެއްވީ 6 ޖުލައި 1976 އިން 30 ޑިސެންބަރު 1990 އަށެވެ. ޢަބްދުﷲ މުފީދު ޚިދުމަތް ކުރެއްވީ 27 ފެބްރުއަރީ 1988 އިން 11 ޖެނުއަރީ 1990 އަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ލަވަ އަލްބަމެއް ނެރެދެއްވައިފައެވެ. އެ އަލްބަމުގެ ބައެއް ލަވަތައް ވެސް ޖަލްސާގައި އިއްވައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް