މައިގަނޑު ބަޔަށް ދާން

ހަބަރު

ނޮވެންބަރު ތިނެއްގެ އެންމެ ބޮޑު އިބްރަތަކީ އަމިއްލަ ފައިމައްޗަށް ތެދުވުން: ދިފާއީ މިނިސްޓަރު

38 ވަނަ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން، އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތްކުރަންވީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަމަށް ދިފާއީ މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ ނޮވެންބަރު ތިނެއްގެ ހާދިސާއިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ ޤައުމީ މަސްލަހަތު އިސްކުރުން ކަމަށެވެ. އަދި އެކަން ހާސިލުކުރެވޭނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމެއް ބިނާކުރެވިގެން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދިފާއީ ސިޔާސަތުގެ އަސާސަކީ ބޭރުގެ އެއްވެސް ފަރާތަކަށް ބަރޯސާނުވެ ދިވެހިން އަމިއްލައަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުން ކަމަށެވެ. އެ ލަނޑުދަނޑި ހާސިލުކުރުމަށް ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.