މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރުވެފައިވާ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވެއްޖެ

ޑޮލަރާ ގުޅޭ ގޮތުން ކުރަނީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި ރަސްމީ ރޭޓުގައި މި ސަރުކާރުން ޑޮލަރު ދޫކުރި ނިސްބަތް %80 އިތުރު ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު މަޖިލީހުގައި ދިފާޢުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރުވެފައިވާ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވެއްޖެ

ޑޮލަރާ ގުޅޭ ގޮތުން ކުރަނީ ހަގީގަތާ ޚިލާފު ތުހުމަތުތަކެއް ކަމަށާއި ރަސްމީ ރޭޓުގައި މި ސަރުކާރުން ޑޮލަރު ދޫކުރި ނިސްބަތް %80 އިތުރު ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު މަޖިލީހުގައި ދިފާޢުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔައީ މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލައެވެ. އެ މައްސަލައިގައި ފާހަގަކޮށްފައި ވަނީ ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މައްޗަށް ގޮސް، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި ސަޢީދު ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުގެ ޓީޓީ ހެދުމަށާއި، ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާއަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި އީކޮމާސް މުޢާމަލާތްތަކަށް ވެސް ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރަމުންދާ ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް ޞާލިޙުގެ ވެރިކަމުގެ ފަހު ތިން އަހަރު އެ ކަންކަމަށް ދޫކޮށްފައި ވަނީ 1.75 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، 2024 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މި ސަރުކާރުން 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ "2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ޖުމްލަ 1.9 ބިލިއަން އެމެރިކާ ޑޮލަރު މި ސަރުކާރުން ދީފައި އެބައޮތް. މީގެ މާނައަކީ 80%ގެ އިތުރުވުމެއް މިއޮތީ އައިއްސަ. ގާތްގަނޑަކަށް 100% ގެ ޑަބަލް ވުމެއް މިއޮތީ އައިއްސަ. އެހެންވީމާ ކޮންބަޔަކަށްތޯ ރަސްމީ ރޭޓްގައި ގިނައިން ޑޮލަރު ދޫކުރެވުނީ؟" ކަމަށެވެ.

މީގެ އިތުރުން ސަޢީދު ވިދާޅުވީ ދައުލަތަށް ލިބޭ ބޭރު ފައިސާ އިތުރުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އެ ގޮތުން ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ކަމަށާއި، އެ ފައިސާ ޚަރަދުކުރަމުން ދަނީ ރައްޔިތުންގެ ކަންކަމަށް ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.