މައިގަނޑު ބަޔަށް ދާން

ހަބަރު

މިސްކިތަށް ބޮޑުކަމުގޮސްގެން ހައްޔަރުކުރި މީހާ ދޫކޮށްލުމާ އެކު އެނބުރި މިސްކިތަށް

މިސްކިތަށް ބޮޑުކަމުގޮސް މިސްކިތުގެ ހުރުމަތް ކެނޑޭ ޢަމަލުތަކެއް ހިންގައިގެން ހައްޔަރުކުރި ނައުޝާދު މޫސާ، 32، ބަންދު މުއްދަތު ހަމަވެ ދޫކޮށްލުމާ އެކު ރޭ އަނެއްކާ ވެސް މިސްކިތަކަށް ވަދެ އެތަނުގައި ނިދައިފިއެވެ.

ގ. މާލެހިޔާ 2 02-13 އަށް ނިސްބަތްވާ ނައުޝާދު ފުރަތަމަ ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހު ފަތިހު 4:14 ހާއިރު ފުރުޤާން މިސްކިތަށް ވަދެ، މިސްކިތަށް ބޮޑުކަމުގޮސް، އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގި މައްސަލައިގައެވެ. ބަންދު މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދިނީ 15 ދުވަހުގެ ބަންދެކެވެ.

އެ 15 ދުވަހުގެ މުއްދަތު ހަމަވެ ނައުޝާދު ބަންދުން ދޫކޮށްލާފައިވާ އިރު، ރޭގެ ވަގުތެއްގައި އޭނާ ވަނީ އެނބުރި މިސްކިތަކަށް ވަދެ އެތަނުގައި ނިދައިފައެވެ.

ނައުޝާދަކީ ތަކުރާރުކޮށް މިސްކިތުގެ ހުރުމަތް ކަނޑައި ގެއްލުންދޭ މީހެއް ކަމަށް ވާ އިރު، އޭނާ ދޫކޮށްލާފައި ހުރުމަކީ ޢާންމުންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.