އެމެރިކާގެ ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމަކަށް ޢަބްދުލް އަލް-ސައްޔިދު
މިޝިގަން ސްޓޭޓުން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރި ޢަބްދުލް އަލް-ސައްޔިދު، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސް ބަލިކޮށް، އެމެރިކާގެ ތާރީޚުގައި ސެނެޓަށް ހޮވުނު ފުރަތަމަ މުސްލިމް ކެންޑިޑޭޓަށް ވެއްޖެއެވެ.
މިޝިގަން ސްޓޭޓުން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ވާދަކުރި ޢަބްދުލް އަލް-ސައްޔިދު، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސް ބަލިކޮށް، އެމެރިކާގެ ތާރީޚުގައި ސެނެޓަށް ހޮވުނު ފުރަތަމަ މުސްލިމް ކެންޑިޑޭޓަށް ވެއްޖެއެވެ.
ކުރިން ވޭން ކައުންޓީގެ ހެލްތު ޑިރެކްޓަރުކަން ކުރި އަލް-ސައްޔިދު ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރީ ހޭލީ ސްޓީވަންސް ކުޑަ ތަފާތަކުން ބަލިކުރުމަށްފަހު، ވަރަށް ވާދަވެރި އަދި ބޮޑެތި ޚަރަދުތަކެއް ހިނގި ކެމްޕޭނެއްގެ ތެރެއިންނެވެ. ޕާޓީގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް ބޮޑުވެ، ސްޓީވަންސް ވަނީ އަލް-ސައްޔިދުގެ ކެމްޕޭނުގައި "ނަފުރަތު" އުފައްދާ ކަމަށް ބުނެ ފާޑުކިޔައި، އިދިކޮޅު ރޮޖާސްއަށް ތާއީދުކޮށްފައެވެ.
ކާމިޔާބީއަށްފަހު ސަޕޯޓަރުންނާ މުޚާޠަބުކޮށް އަލް-ސައްޔިދު ވަނީ ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމާއި، ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވާ ފައިސާ ހުއްޓުވުމާއި، "މެޑިކެއަރ ފޮރ އޯލް" ފާސްކުރުމާއި، ބޭރުގެ ހަނގުރާމަތަކަށް އެމެރިކާއިން ފައިސާ ޚަރަދުކުރުން ހުއްޓައިލުމަށް ގޮވާލައިފައެވެ.
"ރައްޔިތުން ދައްކާ ޓެކްސް ފައިސާއަކީ އެހެން ބައެއްގެ ބޮލަށާއި އެމީހުންގެ ދަރިންގެ ގަޔަށް ބޮންއެޅުމުގެ ބަދަލުގައި، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ދަރިންގެ ލާބައަށް ޚަރަދުކުރެވޭ އެއްޗެއްކަން އެނގުމަކީ މިހާ އުނދަގޫ ކަމަކަށް ވެގެން ނުވާނެ،" އަލް-ސައްޔިދު ބުންޏެވެ.
ކެމްޕޭނު ތެރޭގައި އިސްލާމޮފޯބިއާ އަދި ނަސްލީ ފުރައްސާރައާ ކުރިމަތިވި ކަމަށް ބުނެ، ޑޮނަލްޑް ޓްރަމްޕާއި ޖޭޑީ ވެންސްއަށް ވެސް އޭނާ ރައްދު ދިނެވެ. "ޓްރަމްޕަށް، އަހަރެންގެ ނަން ކިޔަން އުނދަގޫވިކަން އެނގޭ. އެހެންވީމާ ޖެނުއަރީ މަހު ޖޭޑީ އަހަރެން މަގާމުގެ ހުވާކުރުވުމުން، ދެން އަހަންނަށް 'ސެނެޓަރ' އޭ ކިޔަސް އެންމެ ރަނގަޅު،" އޭނާ ބުންޏެވެ.
މިޝިގަންގެ ސެނެޓް ގޮނޑިއެއް 1994 ވަނަ އަހަރުގެ ފަހުން ރިޕަބްލިކަން ކެންޑިޑޭޓަކު ކާމިޔާބުކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ދައުރު ފުރިހަމަކުރި ޑިމޮކްރެޓިކް ސެނެޓަރު ގޭރީ ޕީޓާސް ރިޓަޔާކުރުމާ ގުޅިގެން، ސެނެޓުގެ އަޣުލަބިއްޔަތު ހޯދުމަށް ދެ ޕާޓީގެ ދެމެދުގައި ވަރަށް ބޮޑަށް ވާދަކުރި މި ރޭހުގައި އިޝްތިހާރުތަކަށް އެކަނި ވެސް 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުވީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަލް-ސައްޔިދު ބުނީ ފައިސާއާއި ޢާންމު ރައްޔިތުންނާ ދެމެދު ހިނގި މި ވާދައިގައި، ރައްޔިތުންނަށް ކާމިޔާބު ހޯދެވިދާނެކަން ސާބިތުކޮށްދެވިއްޖެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް