އެމްބީއެސްގެ އަހަރީ ލޭ ހަދިޔާކުރުމުގެ ހަރަކާތް އާދީއްތަ ދުވަހު ތެލެސީމިއާ ސެންޓަރުގައި
މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ލޭ ހަދިޔާކުރުމުގެ ހަރަކާތް އަންނަ އާދީއްތަ ދުވަހު ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލައިފިއެވެ.
މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ލޭ ހަދިޔާކުރުމުގެ ހަރަކާތް އަންނަ އާދީއްތަ ދުވަހު ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލައިފިއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ބްލަޑް ޑޯނާސް އެމްވީ އަދި ލޭ އެޕް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށް ދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ލޭ ހަދިޔާކުރެވޭނީ 18 އަހަރު ފުރިފައިވާ، ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުރި، ޞިއްޙަތު ރަނގަޅު ފަރާތްތަކަށެވެ.
އޭގެ އިތުރުން، އަރިދަފުސް ރޯގާ ނުވަތަ ހުމުގެ އެއްވެސް ޢަލާމާތެއް ނެތުމާއި، އެންމެ ފަހުން ލޭ ދިންތާ ތިން މަސް ދުވަސް ވެފައި ވާން ޖެހެއެވެ. ކޮންމެވެސް ފަރުވާއެއް ނުވަތަ ވެކްސިނެއް ޖަހާފައިވާ ފަރާތްތައް ލޭ ދިނުމުގެ ކުރިން މަޑުކުރަން ޖެހިދާނެ ކަމަށާއި، އެފަދަ ކަންކަން ބެލުމަށް ސްކްރީނިންގ ޓީމެއް އެތަނުގައި ހަރަކާތްތެރިވާނެ ކަމަށް ވެސް އެމްބީއެސް އިން ބުނެފައިވެއެވެ.
ލޭ ހަދިޔާކުރަން ދާއިރު އައިޑީކާޑު ގެންދިއުމަށް އެ ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ. އެމްބީއެސް އިން ބުނީ "ލޭ ބޭނުންވާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ލޭ ފޯރުކޮށްދިނުމަށް ކޮންމެ ލޭތިއްކަކީ ވެސް މުހިންމު އެއްޗަކަށް ވާތީ، ވީހާވެސް ގިނަ ރަޙުމަތްތެރިން ގޮވައިގެން އައިސް ލޭ ހަދިޔާކުރުމަށް" އެދޭ ކަމަށެވެ.
ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް