މައިގަނޑު ބަޔަށް ދާން

ހަބަރު

ބޭރުގެ މިއުޒިކު ޝޯއެއް ހުއްޓުވުމުން ނަޝީދުގެ ފާޑުކިޔުން ސަރުކާރަށް

އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި ބިޔޯން އަގެއިންއަކީ 70ގެ އަހަރުތަކުގައި ދުނިޔޭގެ ފެންވަރުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ސުވިޑަންގެ އެބާ ބޭންޑުގެ އެންމެ މަޝްހޫރު ޓްރިބިއުޓް ބޭންޑެވެ. ނަޝީދު ވިދާޅުވީ "އެ ޝޯ މަނާކުރެވިގެން. މިއުޒިކް މަނާކުރެވިގެން ނުވާނެ" ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ބޮޑު ބަދަލު ކެންޕެއިންގެ ތެރެއިން- ފޮަޓޯ/ ހުސައިން ޝާފިއު
ބޮޑު ބަދަލު ކެންޕެއިންގެ ތެރެއިން- ފޮަޓޯ/ ހުސައިން ޝާފިއު

އޮސްޓްރޭލިއާގެ ޓްރިބިއުޓް ބޭންޑެއް ކަމުގައިވާ ބިޔޯން އަގެއިންގެ ޝޯ ސޯޝަލް ސެންޓަރުގައި ނުބޭއްވޭނެ ކަމަށް ސަރުކާރުން އެންގުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި ބިޔޯން އަގެއިންއަކީ 70ގެ އަހަރުތަކުގައި ދުނިޔޭގެ ފެންވަރުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ސުވިޑަންގެ އެބާ ބޭންޑުގެ އެންމެ މަޝްހޫރު ޓްރިބިއުޓް ބޭންޑެވެ. ނަޝީދު ވިދާޅުވީ "އެ ޝޯ މަނާކުރެވިގެން. މިއުޒިކް މަނާކުރެވިގެން ނުވާނެ" ކަމަށެވެ.

"ރާއްޖޭގެ ޒުވާނުން އެދޭ ކަންކަން މި ރާއްޖޭގައި ހިންގަން ޖެހޭނެ. މިއީ ވަކި ބައެއްގެ ރާއްޖެއެއް ނޫން. ހުރިހާ ދިވެހިންގެ ރާއްޖެ" ނަޝީދު ވިދާޅުވި އެވެ.

މާދަމާ ރެއަށް ތާވަލުކޮށްފައި އޮތް މި ޝޯ ހުއްޓުވިއިރު އިންތިޒާމުކުރާ ފަރާތް ކަމުގައިވާ އުބާ އިވެންޓްސްއިން އޮތީ ސްޕޮންސަރުން ހޯދައި ފުޅާ ދާއިރާއެއްގައި އިޝްތިހާރުކޮށް ޓިކެޓުވެސް ވިއްކައިފަ އެވެ. އަދި ބޭންޑުގެ މެންބަރުން ރޭ ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއްގައި ރާއްޖެ އައިސްފައިވާ ކަންވެސް ފާހަގަކޮށްލެވެ އެވެ.

ޕްރައިވެޓް ފަރާތްތަކުން އިންތިޒާމުކުރާ މިއުޒިކު ޝޯއެއް ސަރުކާރުން ހުއްޓުވިއިރު ސަރުކާރު އިސްވެ ބާއްވާ އެކްސްޕޯ ފަދަ ހަރަކާތްތަކުގައާއި މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިނިވަން ކާނިވަލުގައިވެސް މިއުޒިކު ޝޯތައް ދަނީ ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.