ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ފަރެސްމާތޮޑާއަށް - 104 މިލިމީޓަރު
ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ހުވަދު އަތޮޅުގެ ރަށްތަކަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން މިއަދު ބުނެފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި އެ މުއްދަތުގައި އެންމެ ގިނައިން ވާރޭ ރެކޯޑުކުރެވުނީ ގދ. ފަރެސްމާތޮޑާއިންނެވެ. އެ ރަށަށް 104.4 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ފަރެސްމާތޮޑާގެ އިތުރުން ގއ. ކާޑެއްދޫ، ތިނަދޫ އަދި ގެމަނަފުށީގައި ވެސް ގިނަ އަދަދަކަށް ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވެއެވެ. ދެކުނުގެ އަތޮޅުތަކުގެ އިތުރުން އދ، އއ އަދި ހދ ގެ ރަށްތަކަށް ވެސް ބޯކޮށް ވާރޭ ވެހިފައިވެއެވެ.
މި ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ. ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ރޭ ހާމަކުރި ގޮތުގައި ގއ. ކޮލަމާފުށީގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 45 ގެއަކަށާއި އެ ރަށު ސިއްޙީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް