މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ސީއެފްއޭ ފުޓްސަލް މުބާރާތުގައި ރާއްޖެއިން ހޮންކޮންގް 7-0 އިން ބަލިކޮށްފި

ޗައިނާގައި މިހާރު ކުރިއަށްދާ ސީއެފްއޭ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ހޮންކޮންގް އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ ފުޓްސަލް ޓީމު މޮޅުވެއްޖެއެވެ.

ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ރާއްޖެއިން ޖެހި ހަތް ލަނޑުގެ ތެރެއިން އިޝާން، ސާދު އަދި ޝަނާން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައިވެއެވެ. ބާކީ އޮތް ލަނޑަކީ ހޮންކޮންގް ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ 21 އަހަރު ކުރިން ހޮންކޮންގާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ދިވެހިން ބަލިވީ 1-6 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އަޅައިބަލާއިރު މިއަދުގެ މޮޅު ގިނަ ބަޔަކު ސިފަކުރަނީ ފަޚުރުވެރި ކާމިޔާބެއްގެ ގޮތުގައެވެ.

މި މުބާރާތުގައި ރާއްޖެ ދެން ނިކުންނާނީ އަންނަ ހޯމަ ދުވަހު ޗައިނާއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.