މާލެ ސަރަޙައްދުގެ އެންމެ ބޮޑު ސިޓީ ހޮޓާ ހުޅުމާލޭގައި ހުޅުވައިފި
މާލެ ސަރަޙައްދުގައި މިހާތަނަށް ޤާއިމުކުރި އެންމެ ބޮޑު ސިޓީ ހޮޓާ، މަންހަޓަން ގްރޭންޑް ހޮޓާ މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މާލެ ސަރަޙައްދުގައި މިހާތަނަށް ޤާއިމުކުރި އެންމެ ބޮޑު ސިޓީ ހޮޓާ، މަންހަޓަން ގްރޭންޑް ހޮޓާ މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ފަސް ތަރީގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ހޮޓާ ހުޅުވައިދެއްވީ އެ ހޮޓަލުގައި މިރޭ ބޭއްވި ޚާއްޞަ ޙަފުލާއެއްގައި މާލީ މިނިސްޓަރު ޙަސަން ޒަރީރެވެ. ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ މި ހޮޓަލުގައި 162 ކޮޓަރި ހުރެއެވެ. އެ ހޮޓަލުގެ ވަސީލަތްތަކުގެ ތެރޭގައި ރެސްޓޯރެންޓުތަކާއި ޖިމާއި ސްވިމިން ޕޫލް އަދި ޖަލްސާކުރާ މާލަންތައް ހިމެނެއެވެ.
މި ހޮޓާ މިހާރު ޢާންމުކޮށް ހުޅުވައިލާފައިވާއިރު، ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދޭނެ ކަމަށް އެ ހޮޓަލުން ބުނެއެވެ.
މަންހަޓަން ގްރޭންޑް ހޮޓާ ހިންގަނީ ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް އެޅުމަށް އިމާރާތްކުރި ތަނުގައެވެ. އެސްޓީއޯއިން އެ މަޝްރޫޢު ފެށީ 2007 ވަނަ އަހަރު، އެ ކުންފުންޏަށް ކުރިމަތިވެފައި އޮތް ބޭރު ފައިސާ ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އެ ކުންފުނިން އޭރު ބުނެފައިވެއެވެ. ނަމަވެސް ތަފާތު ފަރާތްތަކާ ހަވާލުކޮށްގެން ވެސް މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތް އެ އިމާރާތް 2024 ވަނަ އަހަރު އެސްޓީއޯއިން ވަނީ އެޗްޑީސީއާ ހަވާލުކޮށްފައެވެ. އެއަށް ފަހު ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މަސައްކަތުން ހޮޓާ ވަނީ ނިންމައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް