މައިގަނޑު ބަޔަށް ދާން

ހަބަރު

އެމެރިކާ އާއި އީރާނާ ދެމެދު ގަތަރުގެ މެދުވެރިކަމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފި

ސަރަޙައްދީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެމެރިކާ އާއި އީރާނާ ދެމެދު ގަތަރުން ކުރިއަށް ގެންދާ މެދުވެރިކަމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޠާނީ ބުނެފިއެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ގަތަރުގެ މެދުވެރިކަމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފި

ސަރަޙައްދީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެމެރިކާ އާއި އީރާނާ ދެމެދު ގަތަރުން ކުރިއަށް ގެންދާ މެދުވެރިކަމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޠާނީ ބުނެފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ މެދުގައި ބޭއްވި އިންތިޚާބަށް ފަހު ވެސް ވޮޝިންޓަނުން އެއްބަސްވުމަކަށް ވާޞިލުވުމުގެ ޝައުޤުވެރިކަން ދެމި އޮތް ކަމުގެ އިޝާރާތް ލިބިފައިވާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ބުނެފައިވެއެވެ. ހައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"ފުރިހަމަ އެއްބަސްވުމެއް ލިބެންދެން މަޑުކުރާނެ ޖާގައެއް ނެތް؛ ރަނގަޅު އެއްބަސްވުމެއް ލިބޭނެ ކަމަށް އުންމީދުކުރަން،" ގަތަރުގެ ބޮޑުވަޒީރު ބުންޏެވެ.

މި ވާހަކަތައް ދެކެވުނު ދުވަހު، އީރާނުގެ ގެޝްމް ޖަޒީރާއަށް ދެ މިސައިލް އެރި ކަމަށް ފުރަތަމަ ރިޕޯޓުތަކުން ދައްކާ ކަމަށް އީރާނުގެ ޓަސްނީމް ނިއުސް އެޖެންސީން ބުނެފައިވެއެވެ. އެހެންނަމަވެސް ލިބުނު ގެއްލުމާ ގުޅޭ ރަސްމީ މަޢުލޫމާތެއް ނެތް ކަމަށް އެ އެޖެންސީން ބުނެފައިވާ އިރު، އީރާނުގެ ތެރޭގައިވާ އެއްވެސް ތަނަކަށް ހަމަލާ ދިން ކަން އެމެރިކާއިން އިޢުލާނުކޮށްފައެއް ނުވެއެވެ.

އަންގާރަ ދުވަހު ބޭއްވި މެދުގައި އިންތިޚާބު ނިމެންދެން ޓްރަމްޕް އީރާނަށް ހަމަލާ ދިނުން ފަސްކޮށްފައި އޮތް ކަމަށް ވާތީ، ވޯޓުލުން ނިމުމާ އެކު ހަމަލާތައް އަލުން ފެށިދާނެ ކަމަށް ސަރަޙައްދުގެ ޤައުމުތަކުން ލަފާކޮށްފައިވެއެވެ. އީރާނުން ތަކުރާރުކޮށް ބުނެފައި ވަނީ އައު ހަމަލާތަކެއް ދީފި ނަމަ އަވައްޓެރި ޤައުމުތަކުގައި ހުރި އެމެރިކާ އާއި އިސްތިޢުމާރީ އިޒްރޭލުގެ އަމާޒުތަކަށް ރައްދު ދޭނެ ކަމަށެވެ.

ސެޕްޓެމްބަރު މަހުން ފެށިގެން އީރާނުން ހުށަހަޅަމުން ގެންދާ ހަތް ދުވަހުގެ ޕްލޭނުގައި، އީރާނުގެ ބަނދަރުތަކުގެ ހިޞާރު އުވައިލުމާއި، ފްރީޒްކޮށްފައިވާ މާލީ ވަސީލަތްތައް ދޫކުރުމާއި، ހޯރުމޫޒް ކަނޑުއޮޅީގައި އީރާނުގެ ބެލެނިވެރިކަމުގެ ދަށުން ދަތުރުކުރެވޭ މަގެއް ކަނޑައެޅުން ހިމެނޭ އިރު، މި ޕްލޭން ޓްރަމްޕް މިހާތަނަށް ބަލައިގެންފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.