މައިގަނޑު ބަޔަށް ދާން

ދުނިޔެ

ސްރީލަންކާގެ މުސާރައިން ނަގާ ޓެކުހަށް ލުއިދީ، ޓެކްސް ނުނަގާ މިންވަރު 150,000 ރުޕީސް އަށް ބޮޑުކޮށްފި

ސްރީލަންކާގެ މުވައްޒަފުންގެ އާމްދަނީން ނެގޭ ޕޭ-އޭޒް-ޔޫ-އާން (ޕީއޭވައިއީ) ޓެކުހުން ޓެކްސް ނުނަގާ އާމްދަނީގެ އިން 150,000 ރުޕީސް އަށް މަތިކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ އިޢުލާންކޮށްފިއެވެ.

މިހާރު ޓެކްސް ނުނެގި ދޫކޮށްލެވޭ އާމްދަނީގެ މިންވަރަކީ މަހަކު 100,000 ރުޕީސް ކަމަށް ވާއިރު، އެ ޢަދަދު 150,000 ރުޕީސް އަށް އިތުރުކުރާނެ ކަމަށް ރައީސް އަނޫރާ ވިދާޅުވީ ކޮލަމްބޯގައި ބޭއްވި ނޭޝަނަލް ޓްރޭޑް ޔޫނިއަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުރިއަށް އޮތް ބަޖެޓުގެ ތެރެއިން މުވައްޒަފުންގެ މުސާރައިން ނެގޭ ޓެކުހަށް އިތުރު ލުއިތަކެއް ވެސް ތަޢާރަފުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، އެ ލުއިތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސްރީލަންކާއިން ވަނީ ޕީއޭވައިއީ ޓެކްސް ނުނެގޭ އާމްދަނީގެ މިންވަރު މަހަކު 150,000 ރުޕީސް އަށް މަތިކޮށްފައެވެ.

އާމްދަނީގެ ބޮޑު ބައެއް ޓެކުހުގެ ގޮތުގައި ކެނޑިގެންދާ ފަންނީ މަސައްކަތްތެރިންނަށް ލުޔެއް ހޯދައިދިނުމަށް ޕީއޭވައިއީ ޓެކުހުގެ އޮނިގަނޑަށް އިތުރު ބަދަލުތަކެއް ގެނައުމާ މެދު ސަރުކާރުން ވިސްނަމުންދާ ކަން މީގެ ކުރިން ވެސް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.