ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި މިރޭ ވިޔަފާރި އުސޫލުން ހަވާ އަރުވަނީ
ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި ވިޔަފާރީގެ އުސޫލުން ހަވާ އެރުވުމުގެ ހަރަކާތެއް މިރޭ ބާއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި ވިޔަފާރީގެ އުސޫލުން ހަވާ އެރުވުމުގެ ހަރަކާތެއް މިރޭ ބާއްވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި ހަރަކާތް ކުރިއަށް ދާނީ މިރޭ 22:00 އާއި 23:30 އާ ދެމެދުގެ ވަގުތެއްގައި ތިން މިނެޓެއްހާ އިރަށެވެ.
ރާއްޖޭގައި ވިޔަފާރި އުސޫލުން ހަވާ އެރުވުމުގެ ޚިދުމަތް ދެނީ ސިފައިންގެ ޖަމިއްޔާ ސިފްކޯގެ ފަރާތުންނެވެ. މިނެޓަކަށް ހަވާ އެރުވުމުގެ އަގަކީ 600 ޑޮލަރު ނުވަތަ 9,252 ރުފިޔާއެވެ. ދެ މިނެޓަށް ނަމަ 1,200 ޑޮލަރު ހޭދަކުރަންޖެހެއެވެ.
ކުރިން ހަވާ އަރުވަމުން އައީ ސަރުކާރުގެ ނިންމުމާ އެކު މުހިންމު މުނާސަބަތުތަކާ ގުޅުވައިގެން ނަމަވެސް މިހާރު އަމިއްލަ ފަރާތްތަކުން ވެސް ސިފްކޯ މެދުވެރިކޮށް ހަވާ އަރުވައެވެ. އޭގެ ތެރޭގައި ކައިވެނި ހަފުލާތައް ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް