މައިގަނޑު ބަޔަށް ދާން

ހަބަރު

އިމިގްރޭޝަން ޓާސްކް ފޯސްގެ ރެއިޑެއްގައި 13 ބިދޭސީއަކު ހައްޔަރުކޮށްފި

މި އޮޕަރޭޝަންގައި މާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް ޖުމްލަ 426 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެ ފާސްކުރުންތަކުގެ ތެރެއިން ޤާނޫނާ ޚިލާފަށް މަސައްކަތް ކުރާކަން ފާހަގަކުރެވުނު 13 މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އަހުމަދު އާހިލް ސައީދު

އިމިގްރޭޝަން އިން ހިންގި ރޭޑް ތެރެއިން؛ ފޮޓޯ / އިމިގްރޭޝަން
އިމިގްރޭޝަން އިން ހިންގި ރޭޑް ތެރެއިން؛ ފޮޓޯ / އިމިގްރޭޝަން

ޤަވާއިދާ ޚިލާފަށް މާލޭ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަން ޓާސްކް ފޯސްއިން އިއްޔެ ހިންގި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއްގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަންގައި މާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް ޖުމްލަ 426 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެ ފާސްކުރުންތަކުގެ ތެރެއިން ޤާނޫނާ ޚިލާފަށް މަސައްކަތް ކުރާކަން ފާހަގަކުރެވުނު 13 މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މާލެއާއި އަތޮޅުތެރޭގައި މިފަދަ ރެއިޑް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންދާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ޢާންމު ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ޤަވާއިދާ ޚިލާފު ވިޔަފާރި ހަރަކާތްތައް ހުއްޓުވުމުގެ މަޤުޞަދުގައި ކަމަށް ވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 12000 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވައިލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. ކުރިއަށް އޮތް ތަނުގައި ވެސް މެދުކެނޑުމެއް ނެތި މި ފާސްކުރުންތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.