މައިގަނޑު ބަޔަށް ދާން

ހަބަރު

ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުގެ މަރުހަލާއަށް ދެ ހަފުތާ ތެރޭ ދެވޭނެ: މިނިސްޓަރު އަމީން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ދެން އިތުރު ލަސްތަކެއް ކުރިމަތިނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިރޭ އަހާ ފޯރަމްގައި ވިދާޅުވެއްޖެއެވެ.

އަހުމަދު އާހިލް ސައީދު

ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމުގެ މަރުހަލާއަށް ދެ ހަފުތާ ތެރޭ ދެވޭނެ: މިނިސްޓަރު އަމީން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ދެން އިތުރު ލަސްތަކެއް ކުރިމަތިނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިރޭ އަހާ ފޯރަމްގައި ވިދާޅުވެއްޖެއެވެ.

އެ ފޯރަމްގައި ޢާންމުންގެ މީހަކު ހެލިކޮޕްޓަރުގެ ޚިދުމަތް ނުފެށި ލަސްވާ ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ދެ ތާރީޚެއް ކަނޑައެޅި ނަމަވެސް މިހައިތަނަށް ޚިދުމަތް ނުފެށި އޮތީ އެ މަސައްކަތުގެ ބޮޑުކަމުން ކަމަށެވެ. ރާއްޖޭގައި މި ޚިދުމަތް މި ފެށެނީ 25 އަހަރުގެ މެދުކެނޑުމަކަށް ފަހު ކަމަށާއި، އެ ޚިދުމަތް ފެށޭނީ ޔޫކޭ ސީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމުގައި އަމީން ވިދާޅުވިއެވެ.

ދެ ވަނަ ފަހަރަށް ހުޅުވައިލުމުން ކުރިމަތިލި ފަރާތްތަކާ އެކު ޚިދުމަތް ފެށުމުގެ މަރުހަލާއަށް ދިޔުމަށް ދެން ހޭދަވާނީ ގާތްގަނޑަކަށް ދެ ހަފުތާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން އިތުރުލަސްތަކެއް ނުވެ ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ޚިދުމަތް ދޭ ފަރާތުން ޚިދުމަތް ފެށުމާ އެކު ކުއްލި ޙާލަތުގައި ބަލިމީހުން އުފުލުމަށް މަހަކު 50 ގަޑިއިރުގެ ޚިދުމަތް ސަރުކާރަށް ހިލޭ ފޯރުކޮށްދޭން ޖެހެއެވެ. ތިން ވަނަ އަހަރުން ފެށިގެން އެ ޢަދަދު މަހަކު 100 ގަޑިއިރާއި 120 ގަޑިއިރާ ދެމެދަށް އިތުރުކޮށް، އަގެއް ދީގެން ސާޗް އޮޕަރޭޝަންތަކަށް ވެސް ހެލިކޮޕްޓަރު ފޯރުކޮށްދޭން ޖެހެއެވެ. މި ޚިދުމަތަށް ހޮވޭ ކުންފުންޏަކަށް 10 އަހަރުގެ އެކްސްކުލޫސިވް ލައިސެންސެއް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.