މައިގަނޑު ބަޔަށް ދާން

ހަބަރު

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސޯލާ ޕީވީ އާއި ބެޓެރި އެނާޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ 150 މެގަވޮޓްގެ ހައިބްރިޑް ނިޒާމުތަކެއް ޤާއިމުކުރުމުގެ ފްރޭމްވާކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

150 މެގަވޮޓްގެ ސޯލާ ހައިބްރިޑް ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސޯލާ ޕީވީ އާއި ބެޓެރި އެނާޖީ ސްޓޯރޭޖް އަދި ގްރިޑް އިންޓަގްރޭޝަން ހިމެނޭ 150 މެގަވޮޓްގެ ހައިބްރިޑް ނިޒާމުތަކެއް ޤާއިމުކުރުމުގެ ފްރޭމްވާކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސްޓެލްކޯ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ގޯޝެން އެނާޖީ ކޮމްޕެނީ ލިމިޓެޑާ ދެމެދުގައެވެ. މި ނިޒާމުތައް ޤާއިމުކުރަނީ ޕަވާ ޕަރޗޭސް އެގްރީމެންޓް (ޕީޕީއޭ) އުސޫލުންނެވެ.

މި 150 މެގަވޮޓްގެ ހައިބްރިޑް ނިޒާމު ކާމިޔާބުކަމާ އެކު ޤާއިމުކުރެވިއްޖެ ނަމަ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒުގެ 60 އިންސައްތަ ހާސިލުކުރެވޭނެއެވެ. އެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ކޮންފަރެންސް އޮފް ޕާރޓީސް (ކޮޕް 28) ގައި ވެވަޑައިގެންނެވި ވަޢުދެކެވެ.

ރާއްޖޭގައި ކަރަންޓު އުފެއްދުމުގައި މައިގަނޑު ގޮތެއްގައި ބަރޯސާވަނީ އެތެރެކުރާ ތެލަށެވެ. ތެލަށް ކުރާ ހޭދަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 10 އިންސައްތައަށް އަރައެވެ. މި ހައިބްރިޑް ނިޒާމުތައް ޤާއިމުވުމުން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހަރަދާއި ދައުލަތުގެ ބަޖެޓުން ކަރަންޓު ސަބްސިޑީއަށް ހޭދަކުރާ މިންވަރުން އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.