މައިގަނޑު ބަޔަށް ދާން

ހަބަރު

އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުކޮށްފި

އޭޝިއާ އާއި ޕެސިފިކް ސަރަޙައްދުގެ ކާރިސީ މަޢުލޫމާތު ބެލެހެއްޓުމަށް ޚާއްޞަ ޖަމިއްޔާ، އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ މިއަދު އިންތިޚާބުކޮށްފިއެވެ.

އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުކޮށްފި

އޭޝިއާ އާއި ޕެސިފިކް ސަރަޙައްދުގެ ކާރިސީ މަޢުލޫމާތު ބެލެހެއްޓުމަށް ޚާއްޞަ ޖަމިއްޔާ، އަޕްޑިމްގެ ގަވަރނިންގ ބޯޑުގެ ޗެއާއަކަށް ރާއްޖެ މިއަދު އިންތިޚާބުކޮށްފިއެވެ.

ހުޅުމާލޭ މެންހަޓަން ގްރޭންޑްގައި ކުރިއަށް ގެންދިޔަ އެ ބޯޑުގެ 11 ވަނަ ބައްދަލުވުމުގައި ރާއްޖެ ޗެއާއަކަށް ހޮވުމާ ގުޅިގެން، ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އައިޝަތު ފަސޫރާއެވެ.

ޔޫއެން-އެސްކެޕްގެ ދަށުން ހިންގާ އަޕްޑިމް އަކީ 11 ޤައުމެއް ހިމެނޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިސްކަންދެނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއަށެވެ. އެ ގޮތުން، އެކި މުއައްސަސާތަކުގައި ހުރި ކާރިސީ މަޢުލޫމާތު އެއް ތަނަކުން ލިބޭނެ ނިޒާމެއް ޤާއިމުކުރުމާއި، ސިޔާސަތު ކަނޑައެޅުމުގައި ޑާޓާގެ ބޭނުން ހިފުމަށް ބާރުއެޅުމަކީ އެ ޖަމިއްޔާގެ މައިގަނޑު އަމާޒުތަކެވެ.

މެންބަރު ޤައުމުތަކަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައި ފަންނީ ޤާބިލުކަން އިތުރުކުރުމަކީ ވެސް އަޕްޑިމްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.