މައިގަނޑު ބަޔަށް ދާން

ހަބަރު

ޓިކްޓޮކްގައި ބޭއަދަބީ ކޮންޓެންޓް ހަދާ ފަރާތެއް ދިވެހި އެފްއެމްއިން ޕްރޮމޯޓުކުރުމުން ފާޑުކިޔުން

"ޓިކްޓޮކް ކުއީން ހައު"ގެ ނަމުގައި ޓިކްޓޮކްގައި ހަރަކާތްތެރިވާ ފަރާތެއް ދައުލަތުގެ މީޑިއާ، ދިވެހި އެފްއެމްގެ ޕްރޮގްރާމެއްގައި މަޝްހޫރު މެހެމާނެއްގެ ގޮތުގައި ބައިވެރިކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޓިކްޓޮކްގައި ބޭއަދަބީ ކޮންޓެންޓް ހަދާ ފަރާތެއް ދިވެހި އެފްއެމްއިން ޕްރޮމޯޓުކުރުމުން ފާޑުކިޔުން

"ޓިކްޓޮކް ކުއީން ހައު"ގެ ނަމުގައި ޓިކްޓޮކްގައި ހަރަކާތްތެރިވާ ފަރާތެއް ދައުލަތުގެ މީޑިއާ، ދިވެހި އެފްއެމްގެ ޕްރޮގްރާމެއްގައި މަޝްހޫރު މެހެމާނެއްގެ ގޮތުގައި ބައިވެރިކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ހައު އަކީ ޓިކްޓޮކްގައި ގިނަ ވީޑިއޯ ހިއްސާކުރާ ފަރާތެކެވެ. އޭނާގެ ގިނަ ވީޑިއޯތަކުގައި އަދަބާ ޚިލާފު ކަންކަން ކޮށް ބޭއަދަބީ ބަހުރުވައިން ވާހަކަ ދައްކައިގެން މީހުންގެ ސަމާލުކަން ހޯދައެވެ. ދިވެހި އެފްއެމްގެ ޕްރޮގްރާމުގެ ޕްރެޒެންޓަރު ވަނީ ހައު ސޯޝަލް މީޑިއާގައި މަޝްހޫރު ފަރާތެއްގެ ގޮތުގައި ތަޢާރަފުކޮށްދީފައެވެ.

މިކަމާ ފާޑުކީ މީހުން ބުނެފައިވަނީ އެ ފަދަ ފަރާތްތަކަކީ މަޝްހޫރު މީހުން ނޫން ކަމަށާއި، އެއީ މުޖުތަމަޢު ފަސާދަކުރުމުގައި އުޅޭ ބައެއް ކަމަށެވެ. ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން އެ ފަދަ ފަރާތްތަކަށް ފުރުޞަތު ލިބިގެން ނުވާނެ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ. ދައުލަތުގެ ޗެނަލްތަކުން އެ ފަދަ މީހުން ޕްރޮމޯޓުކޮށްދޭ ނަމަ އަޚުލާޤީ ފެންވަރު ދަށް މީހުން މުޖުތަމަޢުގައި އިތުރުވެގެންދާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރި އެހެން މީހަކު ބުނެފައިވަނީ "މި އިސްލާމީ މުޖުތަމަޢު ފަސާދަ ވާވަރުގެ މުންކަރާތްތައް ފާޅުގައި ކުރަމުން އަންނަ ފަރާތްތަކަށް ދައުލަތުގެ މީޑިއާގެ ދޮރު ހުޅުވިފައި ހުންނަ ނަމަ، މީ ވިސްނާލަންޖެހޭ ވަރުގެ ކަމެއް" ކަމަށެވެ. ދައުލަތުގެ މީޑިއާއަކީ ޢާންމު ރައްޔިތުންގެ ފައިސާއިން ހިންގާ، މުޖުތަމަޢުގެ ހެވާއި އިޖުތިމާޢީ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އޮންނަ ތަނަކަށް ވާތީ ކޮންޓެންޓް ގެނެސްދިނުމުގައި ޤާނޫނީ، އަޚުލާޤީ އަދި ދީނީ މިންގަނޑުތައް ހިފެހެއްޓުން މުހިންމު ކަމަށް އޭނާ ބުނެފައިވެއެވެ.

ފާޑުކީ ބައެއް ފަރާތްތަކުން ވަނީ މުޖުތަމަޢަށް ފައިދާ ހުރި ކަންކަން ކުރަން ނޭނގޭ ނަމަ ރައްޔިތުންގެ ފައިސާ އިސްރާފުނުކޮށް ދައުލަތުގެ މީޑިއާ ބަންދުކުރުމަށް ވެސް ގޮވާލައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.