ކައިވެނީގެ ބޭރުން ވިހެއި އެއްމާބަނޑު ދެ ކުދީންގެ ތެރެއިން އެއް ކުއްޖަކު ނިޔާވެފައި
ވިލިމާލެ ހޮސްޕިޓަލުން ރިޕޯޓުކުރި މައްސަލައަކާ ގުޅިގެން، ކައިވެންޏެއް ނުކޮށް ހުރި 37 އަހަރުގެ ދިވެހި އަންހެނަކު ގޭގެ ފާޚާނާ ތެރެއަށް ވިހެއި އެއްމާބަނޑު ދެ ފިރިހެން ކުދީންގެ ތެރެއިން އެއް ކުއްޖަކު ނިޔާވެފައިވާކަން އެނގިއްޖެއެވެ.

ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ 21:07 ހާއިރު އެ އަންހެން މީހާ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، ދިރިއުޅޭ ގޭގެ ފާޚާނާ ތެރެއަށް ވިހާފައިވާ ކަމުގެ މަޢުލޫމާތު ހިއްސާކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ރިޕޯޓާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، މަންމައާއި ތުއްތު ކުއްޖާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައެވެ.
ހޮސްޕިޓަލަށް ގެންގޮސް ބެލުމުން އެ އަންހެން މީހާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން އެނގުނު ކަމަށާއި، އެ ކުއްޖާ ވިއްސިއިރު ވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ ވިލިމާލެ ހޮސްޕިޓަލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް