މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ފަތުރުވެރިކަމުގެ ދަށްވުން 1.3 އިންސައްތައަށް ކުޑަކުރެވިއްޖެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން 24 އިންސައްތައަށް ވެއްޓުނު ފަތުރުވެރިކަމުގެ ޢަދަދު، ސަރުކާރާއި ސިނާޢަތް ގުޅިގެން ކުރި މަސައްކަތުން 1.3 އިންސައްތައިގެ ދަށްވުމަކަށް ކުޑަކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.

އަޙްމަދު އާހިލް ސަޢީދު

ފަތުރުވެރިކަމުގެ ދަށްވުން 1.3 އިންސައްތައަށް ކުޑަކުރެވިއްޖެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން 24 އިންސައްތައަށް ވެއްޓުނު ފަތުރުވެރިކަމުގެ ޢަދަދު، ސަރުކާރާއި ސިނާޢަތް ގުޅިގެން ކުރި މަސައްކަތުން 1.3 އިންސައްތައިގެ ދަށްވުމަކަށް ކުޑަކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ޢާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މި އަހަރުގެ ކުރީ ކޮޅު ފަތުރުވެރިކަމުގެ ނަތީޖާ ރަނގަޅު ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ޖެހިގެން އައި މަސްތަކުގައި ފަތުރުވެރިން އައި މިންވަރު ބޮޑު ތަނުން ދަށަށް ދިޔަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ގެނައި ބަދަލުތަކާއި ދާއިރާގެ ބައިވެރިންނާ ގުޅިގެން ކުރެވުނު މަސައްކަތުން އެ ފަރަގު ކުޑަކުރެވި، މި އަހަރު ނިމޭއިރު މިދިޔަ އަހަރާ ދާދި އެއް ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ޚާއްސަކޮށް ސަރުކާރުން މި ގެނައި ބަދަލުތަކާއި ކުރެވުނު މަސައްކަތުން މިހާރުގެ ފޯކާސްޓަކީ އިރާދަކުރެއްވިއްޔާ މިދިޔަ އަހަރާ ގާތްގަނޑަކަށް [ޓޫރިޒަމް ރެކޯޑު] އަރާ ހަމަކުރެވޭނެ މިއަހަރު ނިމޭ އިރު. ނޫނީ އެއަށް ވުރެ ކުޑަ ތަންކޮޅެއް ވިއްޔާ ވާނީ ރަނގަޅު،" މިނިސްޓަރު ވިދާޅުވިއެވެ.

2024 ވަނަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އައިސްފައި ވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. އެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޢަދަދާ ހަމައަށް ވާސިލުވުމަށް ބާކީ އޮތް ތިން މަހުގެ ތެރޭގައި ކޮންމެ މަހަކު ގާތްގަނޑަކަށް ދެ ލައްކަ ފަތުރުވެރިން ގެންނަން ޖެހެއެވެ. ފަތުރުވެރިކަމަށް ބޮޑު ބައެއް ބަރޯސާވާ ރާއްޖޭގެ އިޤުތިޞާދަށް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ ދާއިރާއަށް ކުރި އަސަރު ވަނީ ފޯރައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.