ވ. ތިނަދޫ ގެސްޓްހައުސެއްގައި އެއް ޖިންސުގެ ކައިވެނީގެ ހަފުލާއެއް - މައްސަލަ ބަލައިދިނުމަށް ކައުންސިލުން ގޮވާލައިފި
ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސެއްގައި ދެ އަންހެނެއްގެ ކައިވެނީގެ ހަފުލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ރަށު ކައުންސިލުން މިއަދު ގޮވާލައިފިއެވެ.
ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސެއްގައި ދެ އަންހެނެއްގެ ކައިވެނީގެ ހަފުލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެ ރަށު ކައުންސިލުން މިއަދު ގޮވާލައިފިއެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މިދިޔަ ހޯމަ ދުވަހު އިކޯބޫ މޯލްޑިވްސް ގެސްޓްހައުސްގައި އެއް ޖިންސުގެ ދެ އަންހެނަކަށް ކައިވެނި ކޮށްދިނުމުގެ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. ކައުންސިލުން ސިފަކޮށްފައިވާ ގޮތުގައި މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. މި ފަދަ ޢަމަލުތަކުގެ ސަބަބުން ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރަށުގެ ޢާންމު ސަރަޙައްދުތަކާއި ގެސްޓްހައުސް ބީޗު ބޭނުންކުރެވޭނީ ހަމައެކަނި ޤާނޫނީ ގޮތުން ހުއްދަ ހަރަކާތްތަކަށް ކަން ވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
"އިސްލާމް ދީނާއި އަދި ދިވެހިރާއްޖޭގެ ގާނޫނުތާކާ ހިލާފު ހަރަކާތްތައް ހިންގުމަކީ މި ކައުންސިލުން ތާއީދު ނުކުރާނެ ކަމެކެވެ. އަދި 'އިކޯބޫ މޯލްޑިވްސް' ގެސްޓްހައުސްގައި. އެއްޖިންސުން ދެ އަންހެނުން ކައިވެނި ކޮށްދިނުމުގެ ހަފުލާއެއް ބާއްވާ، ކައިވެނި ކޮށްދީފައިވާ މައްސަލާގައި މި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް ވާ ނަމަ އެ ފިޔަވަޅެއް މި ކައުންސިލުން އަޅާނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
ލޯކަލް ޓޫރިޒަމަކީ ތިނަދޫގެ އިޤުތިޞާދާއި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަމެއް ކަން ފާހަގަކޮށް، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ޓޫރިޒަމް ޚިދުމަތްދޭ ވިޔަފާރިތަކުން ޤާނޫނާއި ދީނާ ޚިލާފު ހަރަކާތްތައް ނުހިންގުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް