މައިގަނޑު ބަޔަށް ދާން

ހަބަރު

ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ ދީނާ ސިއްހީ ސަބަބުތަކަށް ގޭބަންދަށް ބަދަލުކޮށްފި

ކޮރަޕްޝަންގެ ކުށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ، ސިއްހީ ހާލަތު ގޯސްވެ ގޭބަންދަށް ބަދަލުކޮށްފިއެވެ.

ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ ދީނާ ސިއްހީ ސަބަބުތަކަށް ގޭބަންދަށް ބަދަލުކޮށްފި

ކޮރަޕްޝަންގެ ކުށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރްޔަމް ދީނާ، ސިއްހީ ހާލަތު ގޯސްވެ ގޭބަންދަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފައިވާ ގޮތުގައި ދީނާ ގޭބަންދަށް ބަދަލުކުރީ ޖަލުގައި ބައިތިއްބައިގެން އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދެވެން ނެތް ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ހުކުމް އިއްވިތާ މަހެއް ނުވަނީސް ދީނާ ވަނީ ގެއަށް ބަދަލުކޮށްފައެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ދީނާގެ މައްޗަށް ހުކުމް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެގެންނެވެ. ޝަރީއަތުގެ މަޖިލީހުގައި ދީނާގެ ފަރާތުން ވަނީ ނޭވާލާ ނިޒާމުގެ ބައްޔެއް ހުންނަ ކަމަށާއި ކުޑަކުދިންތަކެއް ބަލަހައްޓާ އެކަނިވެރި މައެއް ކަމަށް ބުނެ، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދު ނުވަތަ ޖޫރިމަނާއަކަށް ލުއިކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ބަލީގެ ހާލަތު ސާބިތުކޮށްދޭ ފުރިހަމަ ލިޔެކިޔުން ހުށަހެޅިފައި ނުވާތީއާއި ކުށުގެ ބޮޑުމިނަށް ރިޢާޔަތްކޮށް ކޯޓުން ނިންމީ އަދަބު ލުއިނުކުރުމަށެވެ.

ދީނާގެ މައްޗަށް ކުށް ސާބިތުވީ 2018 ވަނަ އަހަރު ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ އެކު ފެނަކައިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ މަސައްކަތް ނިމުނުތޯ ބެލުމެއް ނެތި، ކަމާ ބެހޭ އިދާރީ ހުއްދަތައް ހޯދުމެއް ނެތި، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ލިބޭ ގޮތަށް ފައިސާ ދޫކުރާ މެމޯގައި ސޮއިކޮށްފައިވާތީއެވެ. މީގެ އިތުރުން، ހަމަ އެ އަހަރު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސީސީޓީވީ ކެމެރާ އާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ހަރުކުރުމަށް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަޝްރޫޢުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޢަމަލުކުރި ކަމުގެ ތުހުމަތުގައި ދީނާގެ މައްޗަށް އުފުލާފައިވާ ވަކި ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި ހިނގަމުންދެއެވެ.

ބްލޭޒަން އިންކްގެ ހަމަ މި ކޮރަޕްޝަން މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާ ވެސް މިވަގުތު ހުންނެވީ ގޭބަންދުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.