ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް - 2،000 އަށްވުރެ ގިނަ ކުޅުންތެރިންނާ އެކު މިރޭ ފެށޭނެ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކުރާ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" (ޑީއެމްޖީސީ) 2،000 އަށްވުރެ ގިނަ ކުޅުންތެރިންނާ އެކު މިރޭ ކަލާފާނު ސްކޫލުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކުރާ ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" (ޑީއެމްޖީސީ) 2،000 އަށްވުރެ ގިނަ ކުޅުންތެރިންނާ އެކު މިރޭ ކަލާފާނު ސްކޫލުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތް ނިމޭނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވީ 1،500 ކުޅުންތެރިން ކަމަށްވާ އިރު، މި ފަހަރު އެ ޢަދަދު 2،000 އަށްވުރެ މައްޗަށް އަރާފައިވެއެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 150،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާ އިރު، ޢާންމުންނަށް ހިލޭ ވަދެވޭ ގޮތަށް އިވެންޓް ވަނީ ހުޅުވައިލައިފައެވެ.
މޯބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގ ބޭންގ އަދި ރޮކެޓް ލީގްގެ ފައިނަލް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އީއޭ ސްޕޯޓްސް އެފްސީ 27 އަދި ޓެކެން މުބާރާތާ ގުޅޭ ތަފުސީލުތައް ކުރިއަށް އޮތް ވަގުތުތަކުގައި އިޢުލާނުކުރާނެ ކަމަށް ޑީޖީޖީން ބުނެފައިވެއެވެ.
ވާދަވެރި މެޗުތަކުގެ އިތުރުން ޒިޔާރަތްކުރާ ފަރާތްތަކަށް ވާޗުއަލް ރިއަލިޓީ (ވީއާރު)، ރޭސިންގ ސިމިއުލޭޓަރ އަދި މަޝްހޫރު ޓޭބަލްޓޮޕް ގޭމެއް ކަމުގައިވާ ޑަންޖަންސް އެންޑް ޑްރެގަންސް (ޑީ އެންޑް ޑީ) ފަދަ ކުޅިވަރުތައް ތަޖުރިބާކޮށްލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ ސްޕޯޓްސް ކުރިއެރުވުމާއި ގޭމިންގ ދާއިރާ ބާރުވެރިކުރުމުގެ މަސައްކަތް ޑީޖީޖީން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް