ހެލްޕް-ޓު-ބައި ސްކީމަށް ކުރިމަތިލުން އާދިއްތަ ދުވަހު ހުޅުވާލަނީ
ސަރުކާރުގެ ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމުގެ ދަށުން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދޭ ހެލްޕް-ޓު-ބައި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި ސްކީމުގެ އުސޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. އެ ސްކީމަށް އެދި ހުށަހެޅުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 29 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
އެ މިނިސްޓްރީން ބުނީ ސްކީމަށް އެދި ހުށަހަޅަންޖެހޭނީ ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) މެދުވެރިކޮށް ކަމަށެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް އެހީ ލިބޭނެ ކެޓަގަރީތަކުގެ ތަފްސީލު ގެޒެޓުކުރެވިފައިވާ އުސޫލުގައި ހިމަނާފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ އިތުރު ތަފްސީލުތައް، ސްކީމަށް ހުޅުވާލާ ރަސްމީ އިޢުލާނުގައި ހާމަކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް