ދައުރުވާ ވީޑިއޯއަކީ ވީއައިއޭގެ ސެކިއުރިޓީ ފަރިތަކުރުމެއްގެ މަންޒަރު - އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ގުޅޭ ގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ރޭ އެ އެއާޕޯޓުގައި ހިންގި ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކެއްގެ ތެރެއިން ނެގިފައިވާ މަންޒަރުތަކެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ވީޑިއޯއިން ފެންނަނީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ހިންގި ސިމިއުލޭޓެޑް ތަމްރީނު ހަރަކާތްތަކެއް ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ މަންޒަރުތައް ބޭނުންކޮށް ކުންފުނީގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަ ފަތުރަމުންދާ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އެމްއޭސީއެލް އިން ދެކޭ ގޮތުގައި މިއީ އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ނެތިކޮށްލުމުގެ ނިޔަތުގައި ކުރަމުންދާ ކަމެކެވެ. އެފަދަ އަސާސެއް ނެތް ވާހަކަ ފެތުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މިފަދަ ޢަމަލުތަކުން ޢާންމު މަސްލަހަތަށް ގެއްލުންވެ ކުންފުނީގެ މަސައްކަތާ މެދު އޮޅުން އަރާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ޞައްޙަކަން ކަށަވަރު ނުވާ މައުލޫމާތު މީސްމީޑިއާގައި ނުފެތުރުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކުންފުނިން އެދިފައިވަނީ ކުންފުންޏާ ގުޅޭ މައުލޫމާތު ހޯދުމުގައި ހަމައެކަނި ރަސްމީ ޗެނަލްތަކަށް ބަރޯސާވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް