އުރީދޫ ފަން ރަން 2026 ގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަށް ދައުވަތު އަރުވައިފި
އުރީދޫގެ ފަރާތުން މި ދައުވަތު އެރުވީ، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި ކުރި ބައްދަލުވުމެއްގެ ތެރެއިންނެވެ. މިއަހަރުގެ އުރީދޫ ފަން ރަން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.
އުރީދޫ ފަން ރަން 2026 ގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއަށް އުރީދޫއިން ދައުވަތު އަރުވައިފިއެވެ.
އުރީދޫގެ ފަރާތުން މި ދައުވަތު އެރުވީ، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާއި ކުރި ބައްދަލުވުމެއްގެ ތެރެއިންނެވެ. މިއަހަރުގެ އުރީދޫ ފަން ރަން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގައެވެ.
މި ބައްދަލުވުމުގައި އުރީދޫގެ ފަރާތުން ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރަށް މިއަހަރުގެ ފަން ރަންގެ ރަސްމީ ޓީޝާޓު ހަދިޔާކޮށްފައެވެ. މި ޓީޝާޓު ހަވާލުކުރީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒެވެ.
އުރީދޫ ފަން ރަން އަކީ، ރާއްޖޭގައި އެންމެ ފޯރިގަދަކޮށް ބޭއްވޭ އެއް ހަރަކާތް ކަމަށްވާއިރު، މި ހަރަކާތުގައި ތަފާތު އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިންނާއި އާންމު ރައްޔިތުން ބައިވެރިވާނެއެވެ.
ދިވެހިރާއްޖޭގައި ކުޅިވަރާއި ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް އުރީދޫއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާއިރު، އެމްޑަބްލިއުއެސްސީގެ އިސްވެރިން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުޖުތަމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަމެކެވެ.
އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވޭ މި އުފާވެރި ހަރަކާތައް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މިއަހަރުގެ ފަން ރަން ވެގެންދާނީ ވަރަށް ކުލަގަދަ އަދި އުދާވެރި ހަރަކާތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް