މައިގަނޑު ބަޔަށް ދާން

ދުނިޔެ

ކުވޮތަށް ދިން ހަމަލާ އުރުދުންއިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފި

މި ހަމަލާ އަމާޒުވީ ޗައިނާގެ ކުންފުންޏެއްގެ ޢިމާރާތަކަށް ކަމަށާއި ހަމަލާގެ ސަބަބުން އެކަކު މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އުރުދުންގެ ޚާރިޖީ ވުޒާރާއިން މި ހަމަލާ ސިފަކުރީ "އަނިޔާވެރި" ޢަމަލެއްގެ ގޮތުގައެވެ.

އަހުމަދު އާހިލް ސައީދު

ކުވެއިތަށް ދިން ހަމަލާގެ ތެރެއިން؛ ފޮޓޯ / އިޔުރޯ ނިއުސް
ކުވެއިތަށް ދިން ހަމަލާގެ ތެރެއިން؛ ފޮޓޯ / އިޔުރޯ ނިއުސް

އީރާނުން ކުވޮތަށް ދިން ހަމަލާގައި މީހަކު މަރުވި ހާދިސާ އުރުދުންއިން ވަރުގަދައަށް ކުށްވެރިކޮށް އެއީ ކުވޮތުގެ ސިޔާދަތަށް ކުރި ފާޅުކަން ބޮޑު އުދުވާނެއް ކަމަށް ސިފަކޮށްފިއެވެ.

މި ހަމަލާ އަމާޒުވީ ޗައިނާގެ ކުންފުންޏެއްގެ ޢިމާރާތަކަށް ކަމަށާއި ހަމަލާގެ ސަބަބުން އެކަކު މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. އުރުދުންގެ ޚާރިޖީ ވުޒާރާއިން މި ހަމަލާ ސިފަކުރީ "އަނިޔާވެރި" ޢަމަލެއްގެ ގޮތުގައެވެ.

އެކްސްގައި ނެރުނު ބަޔާނުގައި އުރުދުންގެ ޚާރިޖީ ވުޒާރާއިން ބުނީ މި ހަމަލާއަކީ ކުވޮތުގެ ސިޔާދަތާއި އެ ޤައުމުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް ކުރިމަތިވި ނުރައްކަލެއް ކަމަށާއި ބައިނަލްއަޤުވާމީ ޤާނޫނާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ ޗާޓަރާ ވެސް ސީދާ ޚިލާފު ޢަމަލެއް ކަމަށެވެ.

"ޚާރިޖީ ވުޒާރާއިން ބަޔާނެއްގައި ކަށަވަރުކޮށްދީފައިވަނީ އެއްބަނޑު އެއްބަފާ ދައުލަތެއް ކަމުގައިވާ ކުވޮތާ ޖރޑަން އެއްކޮށް އެއް ސަފެއްގައި ހިފެހެއްޓުމާއި ކުވޮތުގެ ސިޔާދަތާއި ސަލާމަތާއި ހަމަޖެހުމާއި ރައްޔިތުންނާއި ރެޒިޑެންޓުންގެ ރައްކާތެރިކަން ޙިމާޔަތްކުރުމަށް ކުވޮތުން އަޅާ ކޮންމެ ފިޔަވަޅެއްގައި އެ ޤައުމާ އެކުގައި ދެމި އޮތުމެވެ."

މި ހާދިސާއާ ގުޅިގެން އުރުދުންއިން ވަނީ ކުވޮތާ ފުރިހަމައަށް އެއްބައިވާކަން ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.