މައިގަނޑު ބަޔަށް ދާން

ހަބަރު

ސްޓެލްކޯއިން ހުޅުމާލޭގައި ބޮޑު އިންޖީނުގެއެއް މިއަހަރު ބިނާކުރަން ފަށަނީ

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ސްޓެލްކޯއިން ރާވަމުންދާ ކަމަށް އެކުންފުނީގެ އެމްޑީ ވިދާޅުވެއްޖެއެވެ.

އަހުމަދު އާހިލް ސައީދު

ހުލުމާލެ... ފޮޓޯ: ވޮއިސް
ހުލުމާލެ... ފޮޓޯ: ވޮއިސް

މާލެ ސަރަޙައްދަށް ބޭނުންވާ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ފެށުމަށް ރާވަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި ޑރ. ޢަލީ އަޒުވަރު ވިދާޅުވީ މާލެ ސަރަޙައްދުގެ އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު މިހާރުވެސް ކަރަންޓުގެ ނިޒާމަށް ގެންނަން ޖެހޭ އަޕްގްރޭޑްތައް އެބަހުރި ކަމަށެވެ.

މި މަޝްރޫޢުގެ އިތުރުންވެސް ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް އެކި މަޝްރޫޢުތައް ރޭވެމުންދާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތަކާ ގުޅިގެން މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ޢަދަދު ބާރު ދުވެލީގައި އިތުރުވަމުންދާއިރު ކަރަންޓަކީ އެންމެ ފުރަތަމަ ޑިމާންޑު މައްޗަށް ދާ އަސާސީ ޚިދުމަތެވެ.

އެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.