މައިގަނޑު ބަޔަށް ދާން

ހަބަރު

މާލޭ ބަނދަރުން 22 ކިލޯގެ މެތްއެމްފެޓަމީން އަތުލައިގެންފި

މާލޭ ކޮމާޝަލް ހާބަރުން ފެނުނު މި ތަކެތި ރަބަރު ކޮތަޅެއްގައި ބަންދުކޮށްފައި ހުރިއިރު ޓެސްޓު ހެދުމުން މެތްއެމްފެޓަމީންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ޖުމްލަ 22.3 ކިލޯގެ މި ސާމާނުގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އަހުމަދު އާހިލް ސައީދު

ފުލުހުންގެ މައި އިދާރާ... ފޮޓޯ: ވޮއިސް
ފުލުހުންގެ މައި އިދާރާ... ފޮޓޯ: ވޮއިސް

ކަނޑުމަގުން ރާއްޖެއަށް ގެންނަން މަސައްކަތްކުރި 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިދިޔަ ހޯމަ ދުވަހު ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

މާލޭ ކޮމާޝަލް ހާބަރުން ފެނުނު މި ތަކެތި ރަބަރު ކޮތަޅެއްގައި ބަންދުކޮށްފައި ހުރިއިރު ޓެސްޓު ހެދުމުން މެތްއެމްފެޓަމީންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ޖުމްލަ 22.3 ކިލޯގެ މި ސާމާނުގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މި މައްސަލައާ ގުޅިގެން ތަކެތި ފޮނުވި ޤައުމެއް ނުވަތަ ޝާމިލުވާ ފަރާތެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ.

މީގެ ކުރިން މިދިޔަ މަހުގެ ފަހުކޮޅުވެސް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.8 ކިލޯގެ ހަޝިޝް އޮއިލް އާއި 740 ގްރާމްގެ ކެނަބިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަސްޓަމްސްއިން ހިފެހެއްޓިއެވެ.

އެ ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. ފާއިތުވި ދުވަސްތަކުގައި ކަސްޓަމްސްއިން ގެންދަނީ މަސްތުވާތަކެތި ހުއްޓުވުމުގެ އޮޕަރޭޝަންތައް ވަރުގަދަކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.