ޑޮލަރު ހޯދުމުގެ ސިޔާސަތުތައް ނާކާމިޔާބުވެ، އަގު ދެން ވެސް މައްޗަށް: ނަޝީދު
ޑޮލަރު ހޯދުމަށްޓަކައި ސަރުކާރުން ގެނައި ހުރިހާ ސިޔާސަތެއް ނާކާމިޔާބުވެފައިވާއިރު، ޑޮލަރުގެ އަގު ކުރިއަށް ވެސް ހައްތަހާ މައްޗަށް ދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ފާހަގަކުރައްވައިފިއެވެ.

ރައީސް ނަޝީދު މި ވާހަކަފުޅު ދައްކަވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، ބޭންކު އެކައުންޓުތަކުގައި ރުފިޔާ ހުރި ނަމަވެސް، އެ ފައިސާ ޑޮލަރަށް ބަދަލުކުރުމުގެ ފުރުޞަތެއް މިހާރު ނެތެވެ.
ޑޮލަރުގެ މި ދަތިކަމުގެ އެންމެ ބޮޑު އަސަރު ކުރަމުންދަނީ ދަރިން ކިޔެވުމަށްޓަކައި ބޭރުގައި ދިރިއުޅޭ އާއިލާތަކަށާއި ވިޔަފާރިވެރިންނަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އެ ފަރާތްތަކަށް ދިމާވެފައިވާ ހާލަތު އިންތިހާއަށް ދަތިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރާއްޖެ "ޑިފޯލްޓް" ވުމުން މި މަހު ސަލާމަތްވީ، އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމުން އެކަނި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަށް ވެސް ރައީސް ނަޝީދު ވަނީ ނުސީދާ ގޮތުން ފާޑުކިޔުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް