މައިގަނޑު ބަޔަށް ދާން

ހަބަރު

ނޭޕާލުގެ ދެ ފަސިންޖަރަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ގެނެސް ހައްޔަރުކޮށްފި

ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން 1.18 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖެއަށް ވައްދަން އުޅުނު ދެ ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ނޭޕާލުގެ ދެ ފަސިންޖަރަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ގެނެސް ހައްޔަރުކޮށްފި

ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން 1.18 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖެއަށް ވައްދަން އުޅުނު ދެ ބިދޭސީއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނާ ގޮތުގައި، ހައްޔަރުކުރެވުނީ ނޭޕާލަށް ނިސްބަތްވާ ދެ ފަސިންޖަރުންނެވެ. އެ ދެ މީހުން ރާއްޖެ އައީ މިދިޔަ ސެޕްޓެމްބަރު 25 ވަނަ ދުވަހު، ތައިލެންޑުން ކަމަށް އެ އިދާރާއިން ބުނެއެވެ.

ފަސިންޖަރުންގެ ހަރަކާތްތަކުން އޮފިސަރުންނަށް ޝައްކުވުމުން، އެ ދެ މީހުންނާ ސުވާލުކޮށް އިތުރަށް ބަލައި ފާސްކުރި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އެގޮތުން، ދެ ފަސިންޖަރުންގެ ހަށިގަނޑުތެރެއިން ޖުމްލަ 142 ބުލެޓް ފެނުނު ކަމަށް އެ އިދާރާއިން ބުނެއެވެ.

ކަސްޓަމްސްއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އެ ބުލެޓްތަކުގައި ތިން ބާވަތެއްގެ މަސްތުވާތަކެތި ހުރެއެވެ. އޭގެ ތެރޭގައި 708.2 ގްރާމުގެ ހެރޮއިން، 424 ގްރާމުގެ ކޮކެއިން އަދި 51.6 ގްރާމުގެ މޯފިން ހިމެނެއެވެ.

ހިފެހެއްޓި މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނައިން ހުރީ ހެރޮއިން ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އެ ދެ މީހުންގެ ކިބައިން ހިފެހެއްޓި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 1183.8 ގްރާމު ކަމަށް އެ އިދާރާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.