ހުޅުމާލޭގެ މަގުތަކުގައި އެޗްޑީސީން އާ ސްޕީޑް ބްރޭކަރުތައް އަޅަން ފަށައިފި
އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ހުޅުމާލޭގެ މަގުތަކުގައި އާ ސްޕީޑް ބްރޭކަރުތައް ހަރުކޮށް ކުރިން ހުރި ބްރޭކަރުތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެކްސިޑެންޓުތައް މަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ހުޅުމާލޭގެ މަގުތަކުގައި އާ ސްޕީޑް ބްރޭކަރުތައް ހަރުކޮށް ކުރިން ހުރި ބްރޭކަރުތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ މަސައްކަތް ފެށީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތަށް ކަމަށާއި، ބަންޕަރުތައް އަޅަމުންދަނީ އެކްސިޑެންޓު ގިނައިން ހިނގާ ސަރަޙައްދުތަކުގައި ކަމަށް ފުލުހުންގެ ދިރާސާތަކުން ފާހަގަކުރެވިފައިވާ ތަންތާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ މިފަހަރު އަޅަމުންދަނީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ބޭނުންކުރި ފަދަ، ފެންވަރު ރަނގަޅު ތާރު ބަންޕަރުތައް ކަމަށެވެ. އެއާއެކު މަގުމަތީގެ ނިޝާންތައް ހަރުކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލެ އަކީ އަމާން އަދި ރައްކާތެރި ވެށްޓަކަށް ހެދުމަށް މެދުނުކެނޑި މަސައްކަތްކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކުރިން ހުޅުމާލޭގައި އެޅި ބަންޕަރުތަކުގެ ސަބަބުން އެކްސިޑެންޓުތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވިއެވެ. ނަމަވެސް އެ ބަންޕަރުތަކުގެ ޑިޒައިނާއި ބޭނުންކުރި ތަކެއްޗާ ގުޅިގެން ޢާންމުންގެ ޝަކުވާތައް ލިބުމުން، ފަހުން އެ ބަންޕަރުތައް ނަގާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް