މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅޭ ކަންބޮޑުވުންތަކުގެ ތެރެއިން ޢިލްމުވެރިންގެ ގުޅުމުގެ ރައީސް އިސްތިއުފާދީފި

ރަސްމާލެ މަޝްރޫޢާ ބެހޭގޮތުން ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަ ދީނީ ޢިލްމުވެރިންގެ ހަރަކާތެއް ކަމަށްވާ ޢިލްމުވެރިންގެ ގުޅުމުގެ ރައީސް ދެތިން ދުވަސް ކުރިން އެ މަގާމުން އިސްތިއުފާދީފައިވާ ކަމަށް އެ ހަރަކާތުން ޔަގީންކޮށްދީފިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭ ކަންބޮޑުވުންތަކުގެ ތެރެއިން ޢިލްމުވެރިންގެ ގުޅުމުގެ ރައީސް އިސްތިއުފާދީފި

ރަސްމާލެ މަޝްރޫޢާ ބެހޭގޮތުން ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަ ދީނީ ޢިލްމުވެރިންގެ ހަރަކާތެއް ކަމަށްވާ ޢިލްމުވެރިންގެ ގުޅުމުގެ ރައީސް ދެތިން ދުވަސް ކުރިން އެ މަގާމުން އިސްތިއުފާދީފައިވާ ކަމަށް އެ ހަރަކާތުން ޔަގީންކޮށްދީފިއެވެ.

އިސްތިއުފާދީފައިވަނީ ޢިލްމުވެރިންގެ ގުޅުމުގެ ރައީސްގެ މަގާމުގައި ހުރި އައްޝައިޚް މުޙައްމަދު ހަލީމެވެ. އޭނާ އެ މަގާމުން ވަކިވީ ރަސްމާލެ މަޝްރޫޢާ ގުޅިގެން އެ ހަރަކާތުގެ ބައެއް ޢިލްމުވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދުވަސްވަރެއްގައެވެ.

ހަލީމަކީ ޖަމްޢިއްޔަތުއްސަލަފުގެ މެންބަރެއް ކަމުގައިވާއިރު، އޭނާއަކީ އެ ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރެކެވެ. ރައީސްކަމުން އިސްތިއުފާދިން ނަމަވެސް އޭނާ ޢިލްމުވެރިންގެ ގުޅުމުން ވަކިވެފައެއް ނުވެއެވެ.

ހަލީމް އިސްތިއުފާދިނުމާއެކު، ސަލަފުގެ ތިން އިސް ބޭފުޅަކު ވަނީ ޢިލްމުވެރިންގެ ގުޅުމުން ވަކިވެފައެވެ. އެއީ ސަލަފުގެ ރައީސް ޢަބްދުﷲ މުޙައްމަދާއި، އެ ޖަމްޢިއްޔާގެ ކުރީގެ ނާއިބު ރައީސް އަދި މިހާރުގެ ތަރުޖަމާން އައްޝައިޚް ޙަސަން މޫސާ ފިކުރީއާއި، ސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ. ޢަލީ ޒާހިރެވެ.

ޢިލްމުވެރިންގެ ގުޅުމުގެ ސެކްރެޓަރީ ޖެނެރަލް އައްޝައިޚް ޒަމްޒަމް ފާރިސް ވަނީ ރަސްމާލެ މަޝްރޫޢުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ އެކި މަޢުލޫމާތު ވަރަށް ތަފްސީލުކޮށް ހިއްސާކުރަމުންނެވެ. އެހެންކަމުން ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުންނާއި ބައެއް ޢިލްމުވެރިންގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.