ބޮޑުތަކުރުފާނު މަގުގެ ސުނާމީ ބިނާއިން ސޯޝަލް ސެންޓަރާ ހިސާބު މިރޭ ބަންދަށް
ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމަށް ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހިސާބަށް އޮތް ސަރަހައްދު މިރޭ ދަންވަރުން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމަށް ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހިސާބަށް އޮތް ސަރަހައްދު މިރޭ ދަންވަރުން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ ސަރަހައްދު ބަންދުކުރާނީ މިރޭ މެންދަމު 12:00 ން ފެށިގެންނެވެ. މަގު ބަންދުކުރުމާ ގުޅިގެން ނެރުނު އިއުލާނުގައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދެއް މަގު ބަންދުކުރުމުގެ ކުރިން ނަގަން ފުލުހުން އަންގާފައިވެއެވެ.
ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެކި ފިޔަވަޅުތަކަށް ބަހާލައިގެންނެވެ.
އެ މަގުގެ ތެރެއިން އެންމެ ފަހުން ތަރައްޤީކޮށް ނިންމާފައިވަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހިސާބަށް އޮތް ސަރަހައްދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް