މައިގަނޑު ބަޔަށް ދާން

ހަބަރު

ފުވައްމުލަކުގެ ކަރަންޓު ޚިދުމަތާ ސްޓެލްކޯ ރަސްމީކޮށް ހަވާލުވެއްޖެ

ފެނަކައިން ފުވައްމުލަކު ސިޓީއަށް ދެމުން އައި ކަރަންޓުގެ ޚިދުމަތް، ސަރުކާރުގެ ނިންމުމެއްގެ ދަށުން މިއަދު ރަސްމީކޮށް ސްޓެލްކޯއަށް ބަދަލުކޮށްފިއެވެ.

ފުވައްމުލަކުގެ ކަރަންޓު ޚިދުމަތާ ސްޓެލްކޯ ރަސްމީކޮށް ހަވާލުވެއްޖެ

ފެނަކައިން ފުވައްމުލަކު ސިޓީއަށް ދެމުން އައި ކަރަންޓުގެ ޚިދުމަތް، ސަރުކާރުގެ ނިންމުމެއްގެ ދަށުން މިއަދު ރަސްމީކޮށް ސްޓެލްކޯއަށް ބަދަލުކޮށްފިއެވެ.

ފުވައްމުލަކުގައި ސްޓެލްކޯގެ ޚިދުމަތް ފެށުން ފާހަގަކުރުމަށް އެ ސިޓީގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނެންގެވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ޤައުމުގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން މި ބަދަލު ގެނެވެނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ކަރަންޓު ޚިދުމަތް ސްޓެލްކޯގެ މިންގަނޑަށް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް ވެސް ޑރ. އަޒުވަރު އެދިވަޑައިގެންނެވިއެވެ.

ފެނަކަ އުވާލައި، އެ ކުންފުނީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމީ ހިންގުމުގެ ޚަރަދު ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. ސްޓެލްކޯ މިހާރު ވަނީ ރާއްޖޭގެ އެންމެ އުތުރުގައިވާ ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ ހަވާލުވެފައެވެ. އެ ކުންފުނި ކުރިން އައްޑޫ ސިޓީގެ ކަރަންޓު ޚިދުމަތާ ވެސް ހަވާލުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.